މި ސަރަހައްދުތަކަކީ ދިވެހިންގެ ގިނަ ބަޔަކު ވިޔަފާރި ބޭނުން ތަކަށް ގޮސް އުޅޭ ސަރަހައްދެކެވެ، އަދި ގިނަ އަދަދެއްގެ ދިވެހިން މި ސަރަހައްދުގައި ދިރިއުޅެ އެވެ. ނަމަވެސް މި ބިން ހެލުމުގައި ދިވެއްސަކަށް ގެއްލުންވިކަމެއް އަދި ނޭނގެ އެވެ.
ބެންކޮކްގައި ދިރިއުޅޭ ދިވެއްސަކު މިއަދު ބުނި ގޮތުގައި މިއަދު 11:30 އެހާއިރު ބެންކޮކްގެ ބޮޑު ބައެއްގެ އިމާރާތްތައް ބާރަށް ގުޑެން ފެށި ކަމަށެވެ. އަދި ގިނަ އިމާރާތްތަކަށް ގެއްލުންވެފައިވާ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.
"ވަރަށް ކަންތައް ގޯސްކޮށް އޮތީ. ގިނަ އިމާރާތް ތަކުން މީހުން ނެރެ އިވެކުއޭޓްކޮށްފައިވަނީ،" ނަން ނުޖެހުމަށް އެދި ބުންޏެވެ.
މި ސަރަހައްދުތަކަކީ ދިވެހިންގެ ގިނަ ބަޔަކު ވިޔަފާރި ބޭނުން ތަކަށް ގޮސް އުޅޭ ސަރަހައްދެކެވެ، އަދި ގިނަ އަދަދެއްގެ ދިވެހިން މި ސަރަހައްދުގައި ދިރިއުޅެ އެވެ. ނަމަވެސް ދިވެއްސަކަށް ގެއްލުމެއް ނުވެ އެވެ.
ތައިލެންޑުގެ ނޫސްތަކުގައިވަނީ ގެއްލުން ލިބުނު އިމާރާތްތަކުގެ ފޮޓޯތައް ޖަހާފަ އެވެ. މި ބިންހެލުން އައިސްފައިވަނީ ބެންކޮކްގެ މެދުތެރެއަށެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި މިޔަންމާއަށް 7.7 މެގްނެޓިއުޑްގެ ބާރުގަދަ ބިން ހެލުމެއް މިއަދު ވަނީ އައިސްފަ އެވެ. އަދި ބިން ހެލުމުގެ އަސަރު އަވަށްޓެރި ތައިލެންޑުގެ ވެރިރަށް ބެންކޮކް އަށް ވެސް ވަނީ ކޮށްފަ އެވެ. އަދި މި މަތީ ފަންތީގެ އުސް ގިނަ އިމާރާތްތަކެއް ހުރި ބެންކޮކްގެ ގިނަ އިމާރާތްތަކުން މީހުން ހުސްކުރަން ޖެހުނެވެ.