ޒުވާނުން ދުންފަތާ ދުރުކުރުވަން "ޖެނެރޭޝަން ބޭން"އެއް ގެންނަނީ

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން"ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމަފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި މިއަދު ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު -- ރައީސް އޮފީސް

ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން"ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމަފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފި އެވެ. 

"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުމަށް ނިންމީ އަލަށް މިކަމުގެ ތެރެއަށް ވަންނަ ކުދީން، އެ ކުދިންގެ މުޅި ހަޔާތް އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރުއެޅުމަށް ކަމަށެވެ. 

"އަށާރަ އަހަރު ވެގެން ގޮސް އެކަމުގެ ތެރެއަށް ދާ ކުދިން އެ ކަމުން ދުރުކޮށްދީ، އެ ކުދިންގެ މުޅި ހަޔާތް ކުރިއަށް އޮތް ތަނުގައި އެކަމުން ސަލާމަތް ވެގެން ތިބެން ބާރު އެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިޔާ އަޅުގަނޑު ހަމަޖައްސާނަން،" ރައީސް ވިދާޅުވި އެވެ.

އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާ ކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.

މި ސަރުކާރުން މިހާރު ވެސް ވަނީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ވަރުގަދަ ފިވަޅުތަކެއް އަޅައިފަ އެވެ.

މިގޮތުން، ރާއްޖޭގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު އެތެރެކުރުން މަނާކޮށް، ސިނގިރޭޓު ފަދަ ދުންފަތުގެ ބާވަތްތަކުން ވަނީ އެތައް ގުނައެއް ޑިޔުޓީ ބޮޑުކޮށްފަ އެވެ.

އަދި ދުންފަތް ގަނެވޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ވެސް މިދިޔަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.