ޑިއުޓީ ފްރީއިން ވަގަށް ސިނގިރޭޓު ބޭރުކުރި އިތުރު މީހަކު ހައްޔަރަށް

މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަކީ އެމްއެންޑީއެފް މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު ބޭރުކުރަން އުޅެނިކޮށް ހައްޔަރު ކުރި ތިންވަނަ މީހާ --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީ އިން ވަގަށް ސިނގިރޭޓު ބޭރުކޮށްފައިވާ މައްސަލައިގައި އިތުރު މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ 21 ވަނަ ދުވަހު 15:55 ހާއިރު ވީއައިއޭގެ ޑިއުޓީ ފްރީ އިން ގަވާއިދާ ހިލާފަށް ސިނގިރޭޓު ބޭރުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ އިއްޔެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަކީ އެމްއެންޑީއެފް މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދު ކުރަން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:20 ހާއިރު ވީއައިއޭގެ ޑިޕާޗާ ހޯލުން ހުއްދަނެތި ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެ އެތެރެކުރަން އުޅެނިކޮށް ވެސް އަތުލައިގެންފަ އެވެ. 

އެ މައްސަލައިގައި ހައްޔަރުކުރީ މ. ސިލްވާނެސްޓް، މާލެ، އަހުމަދު އަފްސަލް (45އ) އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު (38އ) އެވެ. އޭގެ ތެރެއިން ޔޫސުފް ނަޒީރަކީ ފުލުހެކެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު ދެ މީހުން ވެސް ވަނީ ދޫކޮށްލައިފަ އެވެ. މި މައްސަލައިގައި ހިމެނޭ ފުލުސް އޮފިސަރު މިހާރު ވަނީ މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.