ލަންޑަންގެ ބަސްތަކާއި ޓްރާންސްޕޯޓް ވިއުގާގައި ރާއްޖެއާއި ލިވަޕޫލްގެ ވާހަކަ

ލަންޑަންގެ ބިމުއަޑީ މަގުތަކާއި ބިޒްނަސް ލައުންޖުތަކުގައި ރާއްޖޭގެ އިސްތިހާރު ޖަހާފައިވެ އެވެ. އަދި 100 އަށްވުރެ ގިނަ ކާރުގައި ރާއްޖޭގެ އިސްތިހާރު ޖަހާފައިވެ އެވެ. މި ކެމްޕޭނުން 76 މިލިއަން ޓާގެޓް އޯޑިއަންސަކަށް ރާއްޖޭގެ ވާހަކަ ފޯރާނެ އެވެ.

ރާއްޖޭގެ އިސްތިހާރު ލަންޑަންގެ ކާރެއްގައި އަދި އަންޑަ ގްރައުންޑް ޓްރާންސްޕޯޓް ވިއުގާގައި

ދުނިޔޭގެ އެންމެ ދުވަސްވީ ޓްރާންސްޕޯޓް ވިއުގަ އޮންނަ ލަންޑަންގައި ދުއްވާ ގިނަ އަދަދެއްގެ ބަސްތަކާއި ކާރުތަކުގައި ރާއްޖެއާއި ލިވަޕޫލްގެ ގުޅުމުގެ މަންޒަރުތަކާއެކު  ޓޫރިޒަމް ކެމްޕޭނެއް ފަށައިފި އެވެ. 

ޕްރިމިއަ ލީގްގެ އެންމެ މަޝްހޫރު އެއް ކްލަބް ކަމަށްވާ ލިވަޕޫލްގެ ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެވުމާއެކު ފެށި މި ކެމްޕޭންތަކާ ބެހޭ ގޮތުން އެމްއެމްޕީއާރުސީ އިން ބުނީ ލިވަޕޫލް އެފްސީ އާއި ރާއްޖޭގެ ޕާޓްނާޝިލް އިސްތިހާރު ކުރަން ހައި އިމްޕެކްޓް ޑިޖިޓަލް އިސްތިހާރުތަކާއެކު ކެމްޕޭނެއް ފަށާފައިވާ ކަމަށެވެ. 

މި ކެމްޕޭންގެ ދަށުން ލަންޑަންގެ 100 އަށްވުރެ ގިނަ ޓެކްސީ އާއި ބަސްތަކުގައި ރާއްޖޭގެ ރީތި މަންޒަރުތައް ވަނީ ޖަހާފަ އެވެ. މީގެ އިތުރުން ލަންޑަންގެ ރޭލްވޭ ވިއުގައިގައި ވެސް ރާއްޖޭގެ ޑިޖިޓަލް އިސްތިހާރު ތަކެއް ވަނީ ޖަހާފަ އެވެ. އަދި ބިމުއަޑީގެ މަގުތަކާއި ބިޒްނަސް ލައުންޖުތަކުގައި ވެސް ރާއްޖޭގެ އިސްތިހާރު ތަކެއް ވަނީ ޖަހާފަ އެވެ. 

ލިވަޕޫލް އާއި އެމްއެމްޕީއާރުސީން އެއްބަސްވުމަށްފަހު ޓޫރިޒަމް މިނިސްޓަރު ތޮއްޔިބު އަދި އެމްއެޕީއާރުސީގެ އެމްޑީ އާއި ޗެއާއާއެކު ފޮޓޯއަކަށް ހުއްޓިގެން

އެ ކުންފުނިން ބުނީ މި އިސްތިހާރުތަކުގެ ސަބަބުން 76 މިލިއަން ޓާގެޓް އޯޑިއަންސަކަށް ރާއްޖޭގެ ވާހަކަތައް ގެންގޮސްދީ މަތީ ފަންތީގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް މަގާމު ވަރުގަދަ ވެގެންދާނެ އެވެ. 

އެމްއެމްޕީއާރުސީން ވަނީ ލިވަޕޫލް ބޭނުންކޮށްގެން ޔޫކޭގެ އިތުރުން އިންޑިއާ އާއި ޗައިނާގެ ޓާގެޓް އޯޑިއެންސްތަކަށް ހާއްސަ ކެމްޕޭނެއް ވަނީ ފަށާފަ އެވެ. ރާއްޖެއާއި ލިވަޕޫލް އެފްސީއާއެކު ހެދި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ 100 ގައުމެއްގައި ހިންގާ 316 ލިވަޕޫލްގެ އޮފިޝަލް ފޭން ކްލަބްތައް މެދުވެރިކޮށް ވެސް ކެޕޭންތައް ހިންގަން ވަނީ ފުރުސަތު ލިބިފަ އެވެ. 

އެ ކުންފުނިން ބުނީ ލިވަޕޫލް އެފްސީއާއެކު ކުރިއަށް ގެންދާ މި ޕާޓްނާޝިޕްގެ ސަބަބުން 2025 ވަނަ އަހަރު އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭއިރު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެ އެވެ. މި ކެމްޕޭނުގައި ޖުމްލަ 2.5 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރާއިރު އަހަރަކު އިނީޝިއަލް އިންވެސްޓްމަންޓަށް 20 ގުނަ އިތުރުވާނެ ކަމަށް ލަފާކުރެވޭ ރިޓާން އޮން އިންވެސްޓްމަންޓް ރާއްޖެއަށް ލިބޭނެ އެވެ. މި ކެމްޕޭންގެ ދަށުން ރާއްޖެއަށް ލިވަޕޫލް ޓީމު އައުމާއެކު އެ ކްލަބުގެ ކުޅުންތެރިން ބޭނުންކޮށްގެން އެ ކުޅުންތެރިން ނިސްބަތްވާ ގައުމުގައި ރާއްޖެ އިސްތިހާރު ކުރުންފަދަ ކަންކަން ކުރަން މަގުފަހިވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.