އެ އަމުރު، ޝަމްއާންގެ ފަރާތުން އިއްޔެގެ ވަގުތެއްގައި ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ބަލައިގަތުމާމެދު އަދި އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރެލްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ހިޔާނާތުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން ބަންދު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.
އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަހަމަ ގޮތުގައި މަންފާ ހޯދާފައިވާ މައްސަލައާ ގުޅިގެން ޝަމްއާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިމަހުގެ 21 ވަނަ ދުވަހުގެ ރެ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން، 15 ދުވަހު ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރު، ޝަމްއާންގެ ފަރާތުން އިއްޔެގެ ވަގުތެއްގައި ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލަ ބަލައިގަތުމާމެދު އަދި އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
ފުލުހުން ބުނީ ބިދޭސީންގެ އަތުން އިމިގްރޭޝަންގެ މުވައްޒަފުން ފައިސާ ނަގާފައިވާ މި މައްސަލައިގެ ތުހުމަތުގައި ހިންގާ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ޑިޓެއިން ކުރާ ޓާސްކް ފޯސް ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.
ގޮތުން، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ފައިސާއާއެކު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
"އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްފައިވާކަން ތަހުގީގަށް އެނގިފައިވޭ،"
ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ ގެއަށް ވަދެފައިވާ ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގައި ޝަމްއާން ހިމެނޭހެން އިމިގްރޭޝަންގެ ފަސް އޮފިސަރުން ވަނީ ހައްޔަރުކޮށްފަ އެވެ.