ކޮންމެ ރޯދަ މަހަކު ސްކޫލްތައް ބަންދުކުރަނީ

ރައީސް ގެނެސްދެއްވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި މިއަދު ވާހަކަދައްކަވަމުން ވިދާޅުވީ ރޯދަ މަހު ސްކޫލުތައް ބަންދު ކުރަން ގިނަ ބެލެވެރިން އެދެމުންދާ ކަމަށެވެ.

ސްކޫލް ދަރިވަރުން ތަކެއް -- މި

ކުރިއަށް އޮތް ރޯދަ މަސްތަކުގައި ސްކޫލު ބަންދު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ގެނެސްދެއްވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި މިއަދު ވާހަކަދައްކަވަމުން ވިދާޅުވީ ރޯދަ މަހު ސްކޫލުތައް ބަންދު ކުރަން ގިނަ ބެލެވެރިން އެދެމުންދާ ކަމަށެވެ.

މިއަހަރުގެ ބޮޑު ޗުއްޓީ ދުމާވީ ރޯދަމަހާ ކަމުން، މިހިނގާ ރޯދަމަހު ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. ރައީސް ވިދާޅުވީ އެއީ ކޮންމެހެން ރޯދަމަސް ވީމާ ކަނޑައެޅި ގޮތެއް ނޫން ކަމަށާއި، އެކަން އެގޮތަށް ދިމާވީ ޖެނުވަރީ މަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަން ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ.

މިއަހަރުގެ އެކަޑެމިކް ކަލަންޑަރުގައި ކުރިން އޮތީ ރޯދަ މަހުގެ އެއް ހަފްތާ ކިޔަވައިދިނުމަށްފަހު ބާކީ ހަފްތާތައް ބަންދުކުރާ ގޮތަށެވެ. ނަމަވެސް އެކި ކަންކަން ހަމަޖެއްސުމަށްފަހު ފައިނަލް ކަލަންޑަރުގައި މުޅި ރޯދަމަސް ބަންދުވާ ގޮތަށް ކަނޑައެޅިގެން ދިޔަކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ. 

"މިހާރު އަޅުގަނޑުވާނީ އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި ބައްލަވާދެއްވާށޭ ދެން އޮތް ކޮންމެ އަހަރެއްގައި ވެސް މުޅި ރޯދަ މަސް އެއްކޮށް ބަންދު ކުރުމަށް ހަމަޖެއްސޭތޯ، ކިޔަވައިދިނުމަށް އެއްވެސް ވަރަކަށް ގަޑިތައް ނުގެއްލޭ ގޮތަށް މުޅި އަހަރު ތެރޭ ހަމަޖައްސައިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މުސްލިމުންނަށް ވިތީ އަޅުކަން ކުރަން ޖެހޭ ކަމަށާއި އަދި ވަކިން ހާއްސަކޮށް ރޯދަ މަހުގައި އަޅުކަންތައް ގިނަކުރަން ޖެހޭ ކަމަށެވެ. ދީނުގައި ހުރި ކަންކަމަށް މަގުފަހިކޮށްދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުގެ މަތިން ރޯދަމަހުގެ ފަހު 10 ސަރުކާރު ބަންދު ކޮށްދީފައިވާއިރު، ސްކޫލްތައް ވެސް ބަންދު ކޮށްދެއްވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ރޯދަ މަހަށްފަހު އަންނަ އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކޮށްދޭން ޖެހޭނެކަން ގަބޫލު ކުރައްވާ ކަމަށާއި، އަދި އީދުގެ ދިއްލުންތައް ދިއްލުމުގެ ސަބަބުން ކުޑަކުދިންނަށް ހާއްސަކޮށް، އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.

މީގެ އިތުރުންވެސް މި ސަރުކާރުން ދަނީ، ދީނީ ކަންކަމަށް މުޅި ރާއްޖޭގެ އެންމެހާ ރައްޔިތުން މިހާރަށް ވުރެ ބޮޑަށް ލޯބި ޖައްސައި އަހުލުވެރިކުރުވުމަށް، ފުޅާދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.