ރާއްޖޭން ނެދަލަންޑްސަށް ކަނޑައެޅި ނޮން-ރެޒިޑެންޓް ސަފީރު ފަތްކޮޅު އަރުވައިފި

ރާއްޖެއާއި ނެދެލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާއިރު، ފަތުރުވެރިކަމަށާއި ތަރައްގީގެ މަޝްރޫއުތަކުގައި ނެދަލަންޑްސް އަކީ މުހިންމު ބައިވެރިއެކެވެ.

ގީލާ އަލީ ސަފީރުކަމުގެ ފަތްކޮޅު ނެދަލަންޑަސްގެ ރަސްގެފާނަށް އަރުވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖޭން ނެދަލަންޑްސް އަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ގީލާ އަލީ، ސަފީރުކަމުގެ ފަތްކޮޅު ނެދަލެންޑްސްގެ ރަސްގެފާނު ވިލްއެމް-އެލެގްޒެންޑާ އަށް އަރުވައިފި އެވެ. 

ފޮރިން މިނިސްޓްރީން ބުނީ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަ ހޭގުގައި ހުންނަ 'ނޫރުދެއިންދް' ޕެލަސްގައި އިއްޔެ ހެނދުނު ކަމަށެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި، ސަފީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ނެދަލެންޑްސްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފަ އެވެ. އަދި ރާއްޖެ އާއި ނެދަލެންޑްސް އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންގެންދާނެ ކަމުގެ ޔަގީންކަން ގީލާ އެރުވި އެވެ.

ރާއްޖެއާއި ނެދަލަންޑްސް އާ ދެމެދު އޮތް ގުޅުމަށް 45 އަހަރު ވެފައިވާއިރު، ފަތުރުވެރިކަމަށާއި ތަރައްގީގެ މަޝްރޫއުތަކުގައި ނެދަލަންޑްސް އަކީ މުހިންމު ބައިވެރިއެކެވެ.

ގީލާ އަކީ ރާއްޖޭން ބެލްޖިއަމް އަށާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ސަފީރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.