ރާއްޖޭގައި ވީހާވެސް ގިނަ ހާފިޒުން ބިނާކުރުމަށް ބާރުއެޅުމަށް ރައީސް ގޮވާލައްވައިފި

"އަޅުގަނޑުމެންގެ ގައިޑްބުކް އަކީ، އަޅުގަނޑުމެން އަމަލީގޮތުން ކަންކަން ކުރާއިރު ކަން ކުރަންވީ ގޮތް ބަލައި، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ވާންވީ ﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ކީރިތި ގުރުއާން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ --

މި ސަރުކާރުގެ ސިޔާސަތަކީ އަދި އަޒުމަކީ ގިނަ ކުދިންތަކެއް ހާފިޒުންނަށް ހެދުން ކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ހާފިޒުން އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގުރުއާން ހިތުދަސްވުމުން ނުފުދޭ ކަމަށާއި، އިންސާނީ ކަރާމާތް ދެމެހެއްޓޭނީ ގުރުއާނަށް އަމަލުކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެންގެ ގައިޑްބުކް އަކީ، އަޅުގަނޑުމެން އަމަލީގޮތުން ކަންކަން ކުރާއިރު ކަން ކުރަންވީ ގޮތް ބަލައި، ކަންކަން ކުރަންވީ ގޮތް ދަސްކުރާ ފޮތަކަށް ވާންވީ ﷲ ސުބްހާނަހޫ ވަތައާލާ އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތް ކީރިތި ގުރުއާން،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވަނީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންނާއި އާއިލީ މައްސަލަތަކުގެ ތެރެއިންނާއި އަދި އޮފީސް މާހައުލުގެ ތެރޭގައި ވެސް އިންސާނީ ކަރާމާތަށް އަރައިގަންނަމުންދާކަން ފާހަގަކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އަމަލީ ގޮތުން ކޮންމެ ދުވަހަކު އުޅުންތަކާއި ގުޅުންތައް ބައްޓަން ކުރަން ޖެހޭނީ ގުރުއާނުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކީރިތި ގުރުއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން، ކީރިތި ގުރްއާނާބެހޭ ހާއްސަ ވަގުފް އިމާރާތެއް އެޅުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރެއްވި އެވެ. މިހާރު އެކަމަށްޓަކައި މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަހު 10ގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއް ކަމަށާއި، ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވެގެންދާނެ ކަމަށެވެ.

ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ފުރަތަމަ ހަފްލާގައި 24 ހާފިޒުން ވަނީ ދަސްވެނިވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.