ތާރީހީ ރެއެއް؛ 24 ހާފިޒުން ދަސްވެނިވެއްޖެ

ހާފިޒުން ދަސްވެނިވުމަށް ބޭއްވި ތާރީހީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މިރޭ ދަސްވެނިވި ހާފިޒެއް --

ކީރިތި ގުރުއާން ހިތުދަސްކޮށްފައިވާ ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ފުރަތަމަ ހަފްލާގައި 24 ހާފިޒުން ދަސްވެނިވެއްޖެ އެވެ.

ހާފިޒުން ދަސްވެނިވުމަށް ބޭއްވި ތާރީހީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ހާފިޒުންނަށް ސަނަދު ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

މީގެ ކުރިން ހާފިޒު ކަމުގެ ތާޖު އަޅުވަނީ ކީތިރި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ.

ނަމަވެސް ގައުމީ ފެންވަރުގައި ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާ ބޭއްވުމަކީ ރައީސްގެ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ މިދައުރުގައި 1000 ހާފިޒުން އުފެއްދުމެވެ. މިހާތަނަށް 250 ހާފިޒުންނަށް ސަނަދު ހަވާލުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި އެވެ.

މިރޭ ދަސްވެނިވި ހާފިޒުން --

މިރޭގެ ޖަލްސާގައި ޝަހީމް ވިދާޅުވީ މިހާރުވެސް ހާފިޒުން ބިނާކުރުމުގެ ޕްރޮގްރާމުގައި 630 ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ. ރާއްޖޭގައި އިސްލާމީ މަރުކަޒު ހުރި ކޮންމެ ރަށަކާއި ރަށްރަށުގައި ހުރި މިސްކިތްތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ޖަލްސާގައި ހާފިޒުން ލައިގެން ތިބީ ނޫކުލަ އާއި ރަން ކުލައިގެ ގައުންއެކެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލޭ ހުކުރު މިސްކިތުގެ ހިތްގައިމު ޑިޒައިންތައް ހިމެނޭހެން ފަރުމާކޮށްފައިވާ މި ގައުންއިން ދައްކުވައިދެނީ ދިވެހިރާއްޖޭގެ އިސްލާމީ ތާރީހާއި ސަގާފަތާއި ދިވެހިންގެ މެދުގައިވާ އިސްލާމީ އުހުއްވަތްތެރިކަން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.