މި ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގެ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ފާލަން ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގަ އެވެ.
ފިތުރު އީދު ދުވަހު މާލޭގެ ބޮޑު ސަރަހައްދެއްގައި ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން އާއިލީ ހަވީރެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.
މި ހަރަކާތުގައި އިސްކޮށް އުޅޭ ޑިފެންސް މިނިސްޓްރީ އިން ބުނީ "އީދުހަވީރު 1446" އަކީ ފިތުރު އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، އީދު ސަލާމްކޮށް، ހިތްހަމަޖެހޭ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ގޮތުން މާލޭގައި ބާއްވާ ހަރަކާތެއް ކަމަށެވެ.
މި ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގެ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާނާއި، ރަސްމީ ފާލަން ސަރަހައްދު ހިމެނޭހެން އެކަމަށް ތައްޔާރުކޮށްފައިވާ ބޮޑު ސަރަހައްދެއްގަ އެވެ.
މިނިސްޓްރީން ބުނީ އެ ސަރަހައްދުތަކުގައި އެތަނަށް ޒިޔާރަތް ކުރާ ހުރިހާ އާއިލާތަކަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމްތަކާއި، އީދު އުފަލުގައި ބާއްވާ އެކިއެކި ކުޅިވަރުތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތަކާއި އީދު ހަދިޔާ ދިނުން ވެސް އޮންނާނެ ކަމަށެވެ. އެގޮތުން އެކި ފަންނުވެރިންގެ ރީތި ހުށަހެޅުންތަކާއި ހާއްސަ ފަރާތްތަކާ ބައްދަލުވުމުގެ ފުރުސަރު އޮންނާނެ ކަމަށް ބުންޏެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ ޑިފެންސް މިނިސްޓްރީ އާއި ފުލުހުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެންނެވެ.
"މާލޭގައި މިފަދަ އީދުހަވީރެއް ސަރުކާރުގެ އިދާރާތައް ގުޅިގެން އިންތިޒާމް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ، އިސްލާމީ މި މުހިންމު މުނާސަބާގެ އުފަލުގައި ވީހައި ގިނަ ދިވެހި އާއުލާތަކެއް އެއް ތަނަކުން ބައްދަލުވެ، އިޖުތިމާއީ ރޫހު އާލާކުރުމަށް،" މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ވަނީ ވީހާވެސް ގިނަ އާއިލާތަކުން މި އީދު ހަވީރަށް ޒިޔާރަތްކުރުމަށް ދައުވަތު ދީފަ އެވެ. މި އިވެންޓް ކުރިއަށްދާނީ އީދު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.
ކަލަންޑަރުން ދައްކާ ގޮތުގައި މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.