ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު ހަމަޖައްސައިފި

ފަނޑިޔާރު ޝަހީދު އެ ކޯޓަށް އައްޔަނު ކުރެއްވީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ކުރިން ހުންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގަ އެވެ.

ފަނޑިޔާރު ހުސެއިން ޝަހީދު --

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ ފަނޑިޔާރަކަށް، ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސައިފި އެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ކުރިން ހުންނެވީ ހުސްނުއް ސުއޫދެވެ. ޖޭއެސްސީގެ މެންބަރުކަމުގެ އެ މަގާމު ހުސްވީ ސުއޫދު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރައްވާފައި ވަނީ ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ. ފަނޑިޔާރު ޝަހީދު އެ ކޯޓަށް އައްޔަނު ކުރެއްވީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ކުރިން ހުންނެވީ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގަ އެވެ.

ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އިސް ފަނޑިޔާރު ކަމަށް އައްޔަނު ކުރީ އޮކްޓޯބަރު 30، 2023 ގައެވެ. 

އޭގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.