މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންނަށް، ހާފިޒްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބާއްވާ ދަސްވެނިވުމުގެ ޖަލްސާ މިރޭ ބާއްވަން ހަމަޖެހިފައިވާއިރު، 24 ހާފިޒަކަށް ސަނަދު އަރުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުޅިން އަލަށް ބާއްވާ ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާއަކީ ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ ޖަލްސާއެއް ކަމަށެވެ.
މީގެ ކުރިން ހާފިޒު ކަމުގެ ތާޖު އަޅުވަނީ ކީތިރި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ. ނުވަތަ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގެ ތެރޭގަ އެވެ.
ނަމަވެސް ގައުމީ ފެންވަރުގައި ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާ ބާއްވާނެ ކަމަށް މިދިޔަ އަހަރު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުގެ މަތިން، ހާފިޒުން ދަސްވެނިވާއިރު ލުމަށް ހާއްސަ ގައުންއެއް ވެސް މިހާރު ވަނީ ތައްޔާރު ކޮށްފަ އެވެ. ގައުން ތައްޔާރު ކޮށްފައި ވަނީ ނުލާއި ރަން ކުލައިންނެވެ.