މި ހަރަކާތަކީ އެލައިޑަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ބައެކެވެ.
އެލައިޑް އިންޝުއަރަންސަށް މި އަހަރު 40 އަހަރު ފުރި، އެކަމުގެ އުފާ ދަނީ ފާހަގަ ކުރަމުންނެވެ. މި އުފާއެއެކު އެލައިޑުން ވަނީ މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް ފަށާފަ އެވެ.
އެލައިޑުން މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތާއި ދަރުމަވަންތަ ރަސްގެފާނު މިސްކިތް އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އިތުރުން ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގަ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައި ވެސް މިހަރަކާތް ކުރިޔަށްގެންދިޔުމަށް އެކުންފުނިން ވަނީ ނިންމާފަ އެވެ. އެގޮތުން، ހުކުރު ދުވަހު ހުޅުމާލޭގައި މިހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތުގަ އެވެ. އަދި ވިލިނގިލީގެ މަސްޖިދު އަލްބިއްރީގައި ވެސް މިހަރަކާތް ހޮނިހިރު ދުވަހު ކުރިޔަށްދާނެ ކަމަށް އެލައިޑުން ބުނެފައިވެ އެވެ.