ޓީޖީއެސްޓީގެ ޖުމުލަ އާމްދަނީއަށް 5 ޕަސެންޓުގެ އިތުރުވުމެއް

ޓީޖީއެސްޓީގެ ގޮތުގައި މިހާތަނަށް އެއް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ޓެކުހުގެ އާމްދަނީއަށް 6,3 ބިލިއަން ލިބިފައިވެ އެެވެ.

މާލެއަށް ކްރޫޒްޝިޕަކުން ފޭބި ޓޫރިސްޓެއް

މި އަހަރުގެ މިހާތަނަށް ޓޫރިޒަމް ޖީއެެސްޓީ (ޓީޖީއެސްޓީ) އަށް 10 ޕަސެންޓުގެ އިތުރުވުމެއް ލިބިފައިވާއިރު ޖުމްލަ އާމްދަނީ ފަސް ޕަސެންޓް އިތުރުވެފައިވާ ކަމަށް ދައްކައިފި އެވެ. 

ފިނޭންސުގެ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި އިމްޕޯޓް ޑިއުޓީ ނޫން ހުރިހާ އާމްދަނީއެއް ވަނީ މަތިވެފަ އެވެ. މިގޮތުން ޓެކުހުގެ އާމްދަނީގެ ގޮތުގައި މިހާތަނަށް އެއް ޕަސެންޓުގެ އިތުރުވުމަކާއެކު 6.3 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 6.2 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި މި އަހަރު 1.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ. 

އާމްދަނީ އިތުރުވި ބައިތައް

  • ޓީޖީއެސްޓީ - މި އަހަރު 2.4 ބިލިއަން | މިދިޔަ އަހަރު 2.2 ބިލިއަން
  • ޖީޖީއެސްޓީ - މި އަހަރު އެއް ބިލިއަން | މިދިޔަ އަހަރު 947.4 މިލިއަން
  • ގްރީން ޓެކްސް - މި އަހަރު 341.7 މިލިއަން | މިދިޔަ އަހަރު 213.4 މިލިއަން
  • އިމްޕޯޓް ޑިއުޓީ - މި އަހަރު 505 މިލިއަން | މިދިޔަ އަހަރު 651.3 މިލިއަން
  • އޭޑީސީ / ޑިޕާޗާ ޓެކްސް - މި އަހަރު 284.4 މިލިއަން | މިދިޔަ އަހަރު 211.1 މިލިއަން

ޓޫރިޒަމް ޖީއެސްޓީގެ ގޮތުގައި މިހާތަނަށް 2.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ޓެކުހުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 10 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން މިދިޔަ އަހަރާ އަޅާބަލާއިރު ގްރީން ޓެކުހުގެ އާމްދަނީއަށް ވަނީ 60 ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ.  

ޓެކުސް ނޫން އާމްދަނީގެ ތެރޭން އިތުރުވީ ފީ އާއި ޗާޖުގެ ގޮތުގައި މި އަހަރު ލިބުނު އެއް ބިލިއަން ރުފިޔާ އެވެ. މި ބައިން މިދިޔަ އަހަރު ލިބިފައިވަނީ 511 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި 283.6 މިލިއަން ލިބިފައިވެ އެވެ. 

ފިނޭންސުގެ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 43.9 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ހިލޭ އެހީއަށް ލިބުނީ 28.7 މިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ ޖުމްލަ އާމްދަނީ 37.2 ބިލިއަން

މި އަހަރުގެ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ދައުލަތުގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގާނެކަމަށް ބެލެވޭ ހަރަދެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.