މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނީ މާފަންނަނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ސިންތެޓިކް ޓްރެކާއި ކްރިކެޓް ސްޓޭޑިއަމްގަ އެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، މި އަހަރު ވެސް ފިތުރު އީދު ނަމާދު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ބޮޑު ޖަމާއަތުގައި ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
ބޮޑު ޖަމާއަތުގެ އިތުރުން، މާލެ، ހުޅުމާލެ އަދި ވިލިނގިލި ހިމެނޭ ގޮތަށް ޖުމްލަ 23 މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރާނީ މާފަންނަނު ސްޓޭޑިއަމްގަ އެވެ. ހުޅުމާލޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރުން އޮންނާނީ ސިންތެޓިކް ޓްރެކާއި ކްރިކެޓް ސްޓޭޑިއަމްގަ އެވެ. ވިލިމާލޭގައި ބޮޑު ޖަމާއަތް އޮންނާނީ ބޯޅަދަނޑުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ އީދު ނަމާދުގެ ބޮޑު ޖަމާއަތް ކެންސަލްވެއްޖެނަމަ އީދު ނަމާދު ކުރާނީ މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަށް ވަނީ މި މަހުގެ 31 އެވެ.