"މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" ރައީސްގެ ޕޯސްޓުގައިވެ އެވެ.
މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެންނަށް މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައި ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" ރައީސްގެ ޕޯސްޓުގައިވެ އެވެ.
ރާއްޖޭން މީހުން ހައްޖަށް ގެންދަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. މީގެ ކުރިން މީހުން ހައްޖަށް ގެންދަނީ ފައިސާ ދައްކާފައިވާ ކިއު ތަރުތީބުންނެވެ.
ނަމަވެސް ރައީސް ވަނީ އަލަށް ހައްޖަށްދާ ފަރާތްތަކަށް އިސްކަން ދޭން ނިންމަވައި، އެކަމަށް ހާއްސަ އުސޫލެއް ވެސް އެކުލަވާލައި އާންމުކޮށްފަ އެވެ. އުސޫލުގައިވާ ގޮތުގައި، ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތްތަކަށް ދެވޭނީ އޭގެ ފަސް އަހަރު ފަހުންނެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް ފުރުސަތު ދޭނީ ފައިސާ ދައްކާފައިވާ ތަރުތީބުން ކަމަށް އުސޫލުގައިވެ އެވެ. އޭގެ ތެރެއިން ވެސް 65 އަހަރުން މަތީގެ، ހައްޖުގެ އަޅުކަން އަދާ ނުކުރާ މީހުންނަށް ކޮންމެ އަހަރަކު އެކޯޕަރޭޝުން ވަކި އިންސަތައެއް ކަނޑައަޅަންވާނެ ކަމަށް ވެސް ވެއެވެ.
ހައްޖުގެ އަޅުކަން އަދާ ނުކުރާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި، އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެ ފުރުސަތު ވެސް ދޭން ވާނޭ ކަމަށް އުސޫލުގައިވެ އެވެ. ނަމަވެސް އެ ފުރުސަތު ދޭން ޖެހޭނީ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، އެމީހެއްގެ އާއިލާ މީހަކަށެވެ.
މިހާރު ގެޒެޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން، އަންނަ ހިޖުރީ އަހަރުގެ ކުރިން ހައްޖު ތަރުތީބަށް އުސޫލުގައި ބުނާގޮތަށް ބަދަލު ގެންނަން ޖެހޭނެ އެވެ.