ހިޔާނާތުގެ މައްސަލައިގައި ބަންދުކުރި އިމިގްރޭޝަން މުވައްޒަފުންގެ ވަނަވަރު އާންމުކޮށްފި

ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަންގެ ޑިިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށްފަހު އެމީހާގެ ގެއިން ހޯދި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އަމިއްލަ ގޭގައި ބެހެއްޓި ކަމުގެ ތުހުމަތެވެ.

ހިޔާނާތުގެ މައްސަލައިގައި ހައްޔަރުކުރި އިމިގްރޭޝަންގެ މުވައްޒަފުން --

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައި ތިބި އިމިގްރޭޝަން މުވައްޒަފުންގެ ވަނަވަރު މިރޭ ފުލުހުން އާންމުކޮށްފި އެވެ. 

މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކޮށްފައި ވަނީ ތ. ބުރުނި، މޫނިމާގޭ މުހައްމަދު އަލްސަން އިސްމާއިލް (21އ) އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37އ) އާއި އެގޭ ހަސަން ސެހެޝާން (47އ) އެވެ.

އަދި ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު (36އ) ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހުގެ ރެއެވެ.

އޭގެ އިތުރުން މިއަދު މ. ހާޒާރީވިލާ، އަހުމަދު ލައްސާން (40އ) ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަންގެ ޑިިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށްފަހު އެމީހާގެ ގެއިން ހޯދި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އަމިއްލަ ގޭގައި ބެހެއްޓި ކަމުގެ ތުހުމަތެވެ. 

އެކަމުގައި އެހެން މުވައްޒަފުން ވަނީ އެހީތެރިވެފަ އެވެ. ހައްޔަރު ކޮށްފައިވާ އެހެން މީހުންނަށް ކުރާ ތުހުމަތުތައް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން އެއީ ޝަމްއާންގެ އަނބިކަނބަލުންގެ ފޯނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.