ޝަމްއާންގެ އަންހެނުންގެ ފޯނު ހިފަހައްޓައިފި

އަދި، ކޯޓު އަމުރެއްގެ ދަށުން ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ކޮންބައެއްކަން ހާމައެއް ނުކުރެ އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަމްއާން ވަހީދު --

ހިޔާނާތުގެ މައްސަލައެްގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ އަނބިކަނބަލުން ހިދްފާ ފާއިޒްގެ ފޯނު ހިފަހައްޓައިފި އެވެ.

ޝަމްއާންގެ މައްޗަށް ކުރަނީ އިމިގްރޭޝަންގެ ޑިިޓެންޝަނަށް ގެންދިޔަ ބިދޭސީއެއް ދޫކޮށްލުމަށްފަހު އެމީހާގެ ގެއިން ހޯދި ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އަމިއްލަ ގޭގައި ބެހެއްޓި ކަމުގެ ތުހުމަތެވެ. އެ މައްސަލައިގައި އޭނާ މަގާމުން ވަކިކޮށް، މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ހައްޔަރު ކޮށްފަ އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައާ ގުޅިގެން ޝަމްއާންގެ އާއިލާ މީހެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުން އެއީ ޝަމްއާންގެ އަނބިކަނބަލުންގެ ފޯނެވެ. 

އަދި، ކޯޓު އަމުރެއްގެ ދަށުން ދެ މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ކޮންބައެއްކަން ހާމައެއް ނުކުރެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ކުރިން ބުނެފައި ބިދޭސީންގެ އަތުން އިމިގްރޭޝަންގެ މުވައްޒަފުން ފައިސާ ނަގާފައިވާ މައްސަލައިގެ ތުހުމަތުގައި ހިންގާ ތަހުގީގުގައި މިހާތަނަށް ބެލި ބެލުމުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ ޑިޓެއިން ކުރާ ޓާސްކް ފޯސް ނޫން އެހެން ސެކްޝަންތަކުގެ މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

އެގޮތުން، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ފައިސާއާއެކު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"އޭގެ އެއް ދުވަސް ފަހުން އޭރުގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ އަމުރަށް އެތަނުން 530،000 ދިވެހި ރުފިޔާއާއެކު އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު ދަންވަރުގެ ވަގުތެއްގައި ޑިޓެންޝަނުން ދޫކޮށްފައިވާކަން ތަހުގީގަށް އެނގިފައިވޭ،"

ފުލުހުން ބުނީ އެ ގެ ބަލައި ފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަނުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅޭ ގެއަށް ވަދެފައިވާ ކަމަށް ވެސް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހުން ހުއްޓުވައި ބަލައިފާސްކޮށް، އެމީހުން އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. އަދި، ޝަމްއާން ދިރިއުޅޭ ގެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ވެސް ފުލުހުން އަތުލައިގެންފައިވާ ކަމަށް ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.