ހާލަތު ބައްލަވަން ރައީސް ތެލެސީމިއާ ސެންޓަރަށް

ރާއްޖޭގައި 650 ތެލަސީމިއާ ކުދިން ލޭ އަޅަ އެވެ. މި ޒިޔާރަތުގައި ރައީސް ވަނީ އެތަނުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެކުދިންނަށް ދަތި ނުވާނެހެން ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ތެލަސީމިއާ ސެންޓަރަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވަނީ --

ތެލެސީމިއާ ސެންޓަރުގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ރޭ މުޒާހަރާ ކުރުމުން، އެ ސެންޓަރުގެ ހާލަތު ބައްލަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެތަނަށް ވަޑައިގެންފި އެވެ.

 ތެލަސީމިއާއަށް ފަރުވާ ހޯދަމުންދާ ކުދިން އެތަނުގައި ރޭ މުޒާހަރާ ކުރީ މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް)ގެ ވެރިންނާއެކު ބޭއްވި ބައްދަލުވުމަށްފަހު، ބަލި މީހުންގެ ފަރާތުން ފާހަގަކުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލު ނުލިބިގެންނެވެ.

ރޭ މުޒާހަރާ ކުރުމުން ރައީސްގެ އަރިހުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް މިއަދު ވަނީ ތެލަސީމިއާ ސެންޓަރަށް ވަޑައިގެންފަ އެވެ. އަދި އެތަނުގެ މުވައްޒަފުންނާއި ބަލި މީހުންނާ ވެސް ބައްދަލުކުރައްވައި ކަންބޮޑުވުންތައް އައްސަވާފައިވެ އެވެ.

ތެލަސީމިއާ ކުދިންގެ މައިގަނޑު ކަންބޮޑުވުމަކީ އެ ކުދިން ލޭ އެޅުމަށްޓަކައި ލޭ ސާފުކުރުމަށް ބޭނުންކުރާ ފިލްޓަރުތަކުގައި މައްސަލަ ހުރުމެވެ. އޭގެ ސަބަބުން އަވަސް އަވަހަށް ފިލްޓަރު ބަދަލު ކުރަން ޖެހުމެވެ. އަދި ބޭސް ނުލިބުމާއި ލޭ ހޯދަން ދަތިވުމުގެ ކަންބޮޑުވުން ވެސް އެމީހުންގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ސަރުކާރު ބަންދު ދުވަސްތަކުގައި ހިދުމަތް ނުލިބުމާއި، ބަލިމީހުންގެ ހިސްޓްރީ އެމްބީއެސްގައި ނެތުމަކީ ވެސް ފާހަގަކުރި ކަންބޮޑުވުމެކެވެ.
 
ރާއްޖޭގައި 650 ތެލަސީމިއާ ކުދިން ލޭ އަޅަ އެވެ. މި ޒިޔާރަތުގައި ރައީސް ވަނީ އެތަނުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، އެކުދިންނަށް ދަތި ނުވާނެހެން ކަންކަން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.