މިނިސްޓްރީން ބުނީ ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ނަގިލި ލާފައި ނުވަތަ ޖެޓީގައި އޮންނަ ވަގުތު ތަކުގައި އެ އުޅަނދެއް ބެލެއްހެއްޓުމަށްޓަކައި އެކަށީގެންވާ އަދަދަށް ފަޅުވެރިން ތިބުމަށް ޓްރާންސްޕޯސްޓް މިނިސްޓްރީން ލާޒިމްކޮށްފި އެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ކަނޑު އުޅަނދުފަހަރު ފަޅުތެރޭގައާއި ކަނޑުގެ ސަރަހައްދުގައި ނަގިލި ލުމަށްފަހު އުޅަނދު ބެލެހެއްޓުމަށްޓަކައި އެއްވެސް ފަޅުވެރިއެއް އުޅަނދުގައި ނެތި އުޅަނދު ދޫކޮށްލާފައި ދިއުމުގެ ސަބަބުން ތަފާތު ނުރައްކާތެރި ހާދިސާތައް ދިމާވެ، މީހުންގެ މުދަލަށް ގެއްލުން ވަމުންދާކަން ވަފާހަގަކުރެވެމުންދާ ކަމަށެވެ.
އެހެންކަމުން، ކަނޑު އުޅަނދުތައް ފަޅުގައި އަޅާފައި އޮންނަ އިރު ވެސް ފަޅުވެރިން ތިބުމަކީ ސަލާމަތާ ރައްކާތެރިކަމަށް ކޮންމެހެން ލާޒިމް ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ނަގިލި ލާފައި އުޅަނދު ބެލެހެއްޓުމަށްޓަކައި ބޭނުންވާ އަދަދަށް އެ އުޅަނދުގައި ފަޅުވެރިން ނެތްނަމަ އެ އުޅަނދުގެ ވެރިފަރާތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފަޅުގައި އަޅާފައި އޮންނަ އުޅަނދުފަހަރުގައި ފަޅުވެރިން ތިބުމަކީ މީގެ ކުރިން ލާޒިމް ކަމެއް ނޫނެވެ. މިހާރު އޮތް ގޮތުންނަމަ، ފަޅުވެރިން ނުތިބޭނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.