މި އަހަރު ރާއްޖޭގައި އަލަށް ހަ ރިސޯޓެއް ހުޅުވާނެ

އަލަށް ހަ ރިސޯޓުގެ ތެރޭގައި ހިމެނެނީ ކ. އަތޮޅުގައި ހުޅުވާ ތިން ރިސޯޓަކާއި ރ. އަތޮޅާއި ބ. އަތޮޅުގައި ހުުޅުވާ ރިސޯޓެއްގެ އިތުރުން އއ. އަތޮޅުގައި ހުޅުވާ ރިސޯޓެކެވެ.

މި އަހަރު ހުޅުވަން ތައްޔާރުވާ ފޭދޫ ފިނޮޅު ރިސޯޓް

ރާއްޖޭގެ ފުޅާވަމުންދާ ޓޫރިޒަމާއެކު މި އަހަރު ރާއްޖޭގައި އަލަށް ހަ ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. 

މިނިސްޓްރީ އޮފް ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ރަސްމީކޮށް މިރާއަށް ލިބުނު މައުލޫމާތުތައް ދައްކާ ގޮތުގައި މި އަހަރު އަލަށް ހަ ރިސޯޓު ހުޅުވާއިރު މީގެ ތެރޭގައި ހިމެނެނީ ކ. އަތޮޅުގައި ހުޅުވާ ތިން ރިސޯޓަކާއި ރ. އަތޮޅާއި ބ. އަތޮޅުގައި ހުުޅުވާ ރިސޯޓެއްގެ އިތުރުން އއ. އަތޮޅުގައި ހުޅުވާ ރިސޯޓެކެވެ. 

މި އަހަރު ހުޅުވާނެ ހަ ރިސޯޓް

  • 1.ކ. ފަޅެއްގައި އިންޑިއާގެ ވީކޭއެލް އެންޑް އޭއެލް ނަމާލް ގްރޫޕުން ހުޅުވާ ރިސޯޓް
  • 2.ކ. ފަޅެއްގައި ސިކްސް އެންޑް ސިސް ޕްރައިވެޓް އައިލެންޑުން ހުޅުވާ ރިސޯޓް (މިފަޅުގައި ހަ ރިސޯޓް ހަދާ)
  • 3.ކ. ތައިލެންޑުގެ ދުސިތް ކުންފުނިން ހުޅުވާ ޑީޓޫ ފޭދޫ ފިނޮޅު
  • 4.އއ. އެތެރެ މަޑިވަރު
  • 5.ރ. ފުއްގިރިގައި ތަރައްގީ ކުރާ ރިސޯޓް
  • 6.ބ. ބޮޑުފިނޮޅުގައި ހަދާ ރިސޯޓް

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުގައި މި ރިސޯޓްތަކުން ރާއްޖޭގެ މާކެޓަށް މި އަހަރު އަލަށް 2،000 ޓޫރިސްޓު އެނދު ނުކުންނާނެ އެވެ. މި މިހާރު ވެސް ރާއްޖޭގައި 156 ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ހިމެނޭ 80 ވަރަކަށް ރަށަކީ ނުހެދި ގިނަ ދުވަސްވެފައިވާ ރަށްތަކެވެ. މީގެތެރޭގައި ރިސޯޓް ތަރައްގީ ކުރަން ދޫކުރިތާ އަށް އަހަރުވެފައިވާ ރަށް ތަކެއް ވެސް ހިމެނެ އެވެ. 

މިދިޔަ އަހަރު ތިން ރިސޯޓެއް ހުޅުވި

ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހުޅުވާފައިވަނީ ތިން ރިސޯޓެކެވެ. އަދި މި ރިސޯޓްތަކުން އަލަށް 706 އެނދު ވަނީ ނުކުމެފަ އެވެ. 

މިދިޔަ އަހަރު ހުޅުވި ރިސޯޓްތައް

  • ސޮނޭވާ ސީކްރެޓް - 48 އެނދު
  • މިރާޖް ލެގޫން - 504 އެނދު
  • ޖޭޑަބްލިއު މެރިއޮޓް ކާފު އެޓޯލް - 154 އެނދު

ރާއްޖޭގެ 179 ރިސޯޓެއް އެބަހުއްޓެވެ. އަދި މި ތަންތަނުގައި 43,907 އެނދު އެބަހުއްޓެވެ. ނަމަވެސް މި ވަގުތު އޮޕަރޭޝަންގައި ހުރީ 175 ރިސޯޓެވެ. މި ރިސޯޓްތަކުގައި ޖުމްލަ 43,217 އެނދު އެބަހުއްޓެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.