ޓޫރިޒަމް ގާނޫނުގެ އާ އިސްލާހު | ރިސޯޓް ބަންދުކޮށްފައި ނުހުޅުވާނަމަ ހުއްދަ ބާތިލްކުރެވޭނެ

މިނިސްޓަރު ތޯރިގު ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލާއެކު ނުހުޅުވާ ގިނަ ދުވަހު ހުންނަ ނޮން ޕާފޯމަންސް ރިސޯޓްތައް މަދުވެގެންދާނެ އެވެ.

ރާއްޖޭގެ ރިސޯޓެއް : މަރާމާތައް ބަންދުކޮށްފަ ނުހުޅުވާ ރިސޯޓްތަކުގެ މައްސަލައިގެ ހައްލު ގެންނަން ގާނޫނު ވަނީ އިސްލާހުކޮށްފަ -- ބުކިން ޑޮޓްކޮމް

ޓޫރިޒަމް ގާނޫނަށް އެންމެފަހުން ގެނެވުނު އިސްލާހާއެކު މަރާމާތައް ބަންދުކޮށްފަ ނުހުޅުވައިފިނަމަ ރިސޯޓް ހުއްދަ ބާތިލްކުރުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީން އަށް ލިބިއްޖެ އެވެ. 

ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމް ޕީއެސްއެމްގައި ވިދާޅުވީ މިހާރު ގެނެސްފައިވާ ބަދަލާއެކު ފަތުރުވެރިކަމުގެ
ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ތަންތައް ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމުގެ އުސޫލާއެކު މަރާމާތައް ބަންދު ކުރުމަށްފަހު ހުޅުފައި ލަސްވާނަމަ އެކަމަށް ހައްލު ލިބިގެންދާނެ އެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން އެކަމަށް ހައްލު ހޯދޭނެ ގޮތެއް ނެތެވެ.

"މީގެ ބޭނުމަކީ ނޮން ޕާފޯމަންސް ރިސޯޓްތައް ހުރުމުން އެކަމަށް ހައްލު ހޯދުން ބައެއް ރިސޯޓްތައް ނުހުޅުވި ހުރި ރަށްތައް އެބަހުރި އަށް އަހަރުވެފަ. މީގެ ސަބަބުން ސަރުކާރަށް ލިބޭ ރެވެނިއުއާއި އަމިއްލަ މީހުންގެ ވަޒީފާ އާއު ފުރުސަތުވެސް ގެއްލޭ. ގިނަ ދިވެހިން މަސައްލަތް ކުރެވޭ. މީގެ ސަބަބުން ޖޮޕް ފުރުސަތުތަކެއްވެސް ގެއްލޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ވާ ގޮތް

ޓޫރިޒަމް ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހާއެކު ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ރަށެއްގެ ނުވަތަ
ބިމެއްގެ ފެންވަރު މަތިކުރުމަށްޓަކައި ނުވަތަ އެނޫން ވެސް އެފަދަ ބޭނުމަކަށް އެ ރަށެއް ނުވަތަ އެ ބިމެއް ބަންދުކުރެވޭނީ މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ މިނިސްޓްރީގެ ހުއްދައާއެކު އެ މިނިސްޓްރީން ކަނޑައަޅާ ވަކި މުއްދަތަކަށެވެ. އަދި އެފަދައިން ކަނޑައަޅާ ކަނޑައެޅުމަށް ޢަމަލުކުރެވޭނ،ީ މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަށުގެ ނުވަތަ ބިމުގެ ކުލީގެ އެގްރީމެންޓް އިސްލާހުކުރުމަށްފަހު އެވެ. 

މި އިސްލާޙުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރ-ީޑިވެލޮޕްމަންޓްގެ މަސައްކަތް ނިންމައި ތަން ހުޅުވައި ހިދުމަތްދޭން
ފަށާފައި ނުވާނަމަ މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތަކާމެދު ފިޔަވަޅު އަޅައި ކުލީގެ އެގްރީމެންޓް ބާޠިލުކުރުމުގެ އިހްތިޔާރު އެ މިނިސްޓްރީ އަށް ލިބިގެންވެއެ އެވެ. އަދި އެ ފަދައިން ރަށުގެ ނުވަތަ ބިމުގެ ކުލީގެ އެގްރީމެންޓް ބާޠިލުކުރާ ހާލަތެއްގައި ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ސަރުކާރުން އެއްވެސް ބަދަލެއް ދޭކަށް ނުޖެހޭނެ އެވެ. 

މި ގަވައިދުގައިވާ ގޮތުން އުސޫލާ ހިލާފަށް ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ ހިދުމަތް ދިނުން ހުއްޓާލައި
ތަން ބަންދުކޮށްފައިވާނަމަ އެ ތަނެއްގެ ކުލީގެ އެގްރީމެންޓް ބާތިލުކުރުމުގެ އިހްތިޔާރު ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.