ޓޫރިޒަމް ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު ލިބުނީ 30.4 މިލިއަން

ޓޫރިޒަމް ގާނޫނަށް ބަދަލު ގެނެސް ސަރުކާރުން ވަނީ މާލިއްޔަތު ޤާނޫނުގެ ދަށުން ޤާއިމުކޮށް ހިންގަމުންދާ ޓޫރިޒަމް ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލާފަ އެވެ. އަދި ޓޫރިޒަމް މިނިސްޓްަރީގެ ދަަށަން ގެނެސްފަ އެވެ.

ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު ތޯރިގު އިބްރާހީމް، ފޮޓޯ: ޕީއެސްއެމް

ޓޫރިޒަމް ޓްރަސްޓް ފަންޑަށް މިދިޔަ އަހަރު ލިބިފައިވަނީ 30.4 މިލިއަން ރުފިޔާ ކަމަށް ޓޫރިޒަމާއި ތިމާވެއްޓާއި ބެހޭ މިނިސްޓްރީން ބުނެފި އެވެ. 

ޓޫރިޒަމާއި ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ރަސްމީ މައުލޫމާތުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓޫރިޒަމް ޓްރަަސްޓް ފަންޑަށް ލިބިފައިވަނީ 30،4 މިލިއަން ރުފިޔާ އެވެ. 

މި ފަންޑުން މިދިޔަ އަހަރު މުސާރަ ދޭން ވަނީ 292،378.58 ރުފިޔާ ހަރަދުކޮށްފަ އެވެ. އަދި ދެން ހަރަދުކޮށްފައިވަނީ އެކި ހަރަކާތްތައް ހިންގުމަށެވެ. މި ބަޔަކަށް 672،698 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 

ސަރުކާރުން ވަނީ މާލިއްޔަތު ޤާނޫނުގެ ދަށުން ޤާއިމުކޮށް ހިންގަމުންދާ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޓްރަސްޓް ފަންޑު އުވާލައި، ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ ދަށުން، ޓޫރިޒަމް ޓްރަސްޓް ފަންޑެއް އުފެއްދުމަށް އެ ޤާނޫނަށް ހުށަހެޅި އިސްލާހުކޮށްފަ އެވެ. 

ފަންޑުގެ މަގުސަދުތައް

  •  ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުނ،ް ފަސޭހަކަމާއެކު ރާއްޖޭގެ ޓޫރިޒަމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދ،ީ އެފަދައިން ލިބޭ އެހީ އަމާނާތްތެރިކަމާއެކު ބެލެހެއްޓުން
  •  ޓޫރިޒަމާއި ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން
  •  ޓޫރިޒަމްގެ ވަސީލަތްތައް ތަރައްޤީކުރުމަށް އިންވެސްޓްކުރުން ކުރުމާއި ފަންޑަށް ޖަމާކުރެވޭ ފައިސާއިން ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން
  •  އިންވެސްޓްކުރުން

ފަންޑުގެ ޖަމާ - ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރެވޭނީ ޓޫރިޒަމާބެހޭ މިނިސްޓްރީން ހިންގާ ޓޫރިޒަމް ހަރަކާތްތަކަށް ދިވެހިރާއްޖެ އާއި ރާއްޖޭން ބޭރުގެ ވިޔަފާރިތަކުންނާއި އެނޫން ވެސް ފަރާތްތަކުން ލިބޭ ސްޕޮންސާޝިޕް ފައިސާ އާއި އެނޫން ވެސް ފައިސާ ޓޫރިޒަމް ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކުން މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ގޮތުގައި ފަންޑަށް ދައްކާ ފައިސާ ހިމެނެ އެވެ. މީގެ އިތުރުން ފަންޑުން ޤާއިމުކުރާ އިންވެސްޓްމަންޓްތަކުން ލިބޭ ފައިސާ އާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް ފައިސާ އެވެ. 

ފަންޑު ހިންގަން ކޮމެޓީއެއް ހަދަން ޖެހޭ

ގާނޫނުގައިވާ ގޮތުން މި ޤާނޫނުގެ ބަޔާންކުރާ ފަންޑު ހިންގާނީ ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާ އެއްގޮތަށް އަދި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިޒަމާ ބެހޭ މިނިސްޓްރީންނެވެ. 
މިގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީ ޓޫރިޒަމާބެހޭ މިނިސްޓްރީން އެކުލަވާލަން ޖެހެ އެވެ. އަދި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީ އެކުލެވިގެންވާ ގޮތާއި އެ ކޮމިޓީގެ ހިންގުމުގެ އުސޫލުތައް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެ އެވެ. 

ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގަންވާނ،ީ މި ޤާނޫނާއި ކަމާބެހޭ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ނެވެ. އަދ،ި ފަންޑު ހިންގަންވާނީ ސަރުކާރުގެ އެހެނިހެން ފަންޑުތަކާ ވަކިންނެވެ. ފަންޑުގެ އިދާރީ އެންމެހައި ކަންކަން ބަލަހައްޓާނީ ޓޫރިޒަމާބެހޭ މިނިސްޓްރީންނެވެ. 

ފަންޑުގެ ފައިސާ ބޭނުން ކުރާނެ ގޮތް

  • 1.ފަތުރުވެރިކަމުގެ ޞިނާޢަތް ތަރައްޤީކުރުމަށް ހިންގޭ ޙަރަކާތްތަކަށް
  • 2.ޓޫރިޒަމްގެ ވަސީލަތްތައް ކުރިއެރުވުމަށްޓަކައި އިންވެސްޓްކުރުމަށް
  • 3.ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް؛
  • 4.ޢާންމު އިޖްތިމާޢީ ފައިދާ ލިބިދެނިވި ޙަރަކާތްތައް ހިންގުމަށް
  • 5.ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން ކަނޑައަޅައ،ި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެނޫންވެސް ކަންކަމަށް

ފަންޑު ބޮޑުކުރަން އިންވެސްޓް ކުރާނެ

މި ގާނޫނުގައިވާ ގޮތުން ޓޫރިޒަމް ޓްރަސްޓް ފަންޑުގެ މަޤްސަދުތައް ހާސިލުކުރުމަށްޓަކައި ފަންޑުން ކުރެވޭ ހޭދައިގެ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި ފަންޑުގައިވާ ފައިސާ އިންވެސްޓްކުރެވިދާނެ އެވެ. މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަޤްސަދަށް ފަންޑުގައިވާ ފައިސާ އިންވެސްޓްކުރާނެ މިންވަރާއި އިންވެސްޓްކުރާނެ ދާއިރާތަކާއި ކަމާގުޅޭ އުސޫލުތައް ކަނޑައަޅާނ،ީ ފަންޑުގެ ހިންގާ ކޮމިޓީންނެވެ.  އަދި ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ފައިސާ އިންވެސްޓްކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ބަޔާންކުރ،ާ ފަންޑުގެ "ސްޓޭޓްމަންޓް އޮފް އިންވެސްޓްމަންޓް ޕްރިންސިޕަލްސް" ޓޫރިޒަމް ޓްރަސްޓް ފަންޑުގެ ހިންގާ ކޮމިޓީން އެކުލަވާލަން ޖެހެ އެވެ. 

ފަންޑަށް ފާރަވެރިވާނެ ގޮތްކެއް ގާނޫނުގައިވޭ

ގާނޫނުގައިވާ ގޮތުން ފަންޑު އޮޑިޓްކުރުމާއި ފަންޑު ހިންގި ގޮތުގެ ކޮންމެ މީލާދީ އަހަރެއް ނިމުމުން އެ އަހަރަކު ޓޫރިޒަމް ޓްރަސްޓް ފަންޑު ހިންގި ގޮތުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބު ތައްޔާރުކޮށް އެ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއ، އޮޑިޓަ ޖެނެރަލަށް ޓޫރިޒަމާބެހޭ މިނިސްޓްރީން ހުށަހަޅަން ޖެހެ އެވެ. 
އަދި އަހަރީ ރިޕޯޓާއި މާލީ ހިސާބު އޮޑިޓަރ ޖެނެރަލަށް ހުށަހަޅާތާ ދެ މަސް ތެރޭގައި ޓޫރިޒަމް ޓްރަސްޓް ފަންޑު އޮޑިޓަރު ޖެނެރަލް އޮޑިޓްކޮށ،ް އޮޑިޓް ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.