އެއް ލައްކަ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ނަގައިފި

މިއީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ގެންނަން ފެށި މަސައްކަތެކެވެ.

ކުރަނގި އޮޕަރޭޝަނުގެ ތެރެއިން ޑޭޓާ އެއްކުރުމުގެ މަސައްކަަތުގެ ތެރެއިން، ފޮޓޯ: ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

ރާއްޖޭގައި އުޅުންދާ ބިދޭސީން ބަޔޯމެޓްރިކް ނަގަން ހިންގާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން އެއް ލައްކައަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ދައުލަތުގެ ނިޒާމުގެ ތެރޭގައި ރައްކާކޮށްފި އެވެ. 

ހޯލް ލޭންޑް ސެކިއުރިޓީ މިނިސްޓަރު ކެޕްޓަން އަލީ އިހުސާން ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަގުން ފެށިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިދިޔަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ވަނީ އެއް ލައްކަ ބިދޭސީންގެ އިނގިލީގެ ނިޝާންއާއި ބަޖޯމެޓްރިކް ފޮޓޯ ނަގައި ސިސްޓަމްގައި ރަޖިސްޓްރީކޮށްފަ އެވެ. 

"ގާތްގަނޑަކަށް 10 މަސް ތެރޭގައި މައުލޫމާތު އެއް ކުރުމަކީ ކާމިޔާބީއެއް. މިނިސްޓްރީގެ ފޮރިން ލޭބަ ޑިޕާޓްމަންޓުގެ މުވައްޒަފުން ކެނޑިނޭޅި ރެއާއި ދުވާލު ކުރި މަސައްކަތުގެ ނަތީޖާ މިއީ. މިކަމުގައި ރާއްޖޭގެ ރަަށްރަށުގެ ކައުންސިލްތަކުން ކުރާ މަސައްކަތް ވެސް ފާހަގަކޮށްލަން،" އިހުސާން ވިދާޅުވި އެވެ. 

އޮޕަރޭޝަން ކުރަނގި

"އޮޕަރޭޝަން ކުރަނގި" އަކީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ތިން އަހަރު ދުވަހުގެ ތެރޭގައި ހައްލު ގެންނަން ފެށި މަސައްކަތެކެވެ. މި މަސައްކަތުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއްކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.