ރަށު ޓޫރިޒަމްގެ ވީޑިއޯތަކެއް ހަދަން ޚާލިދު އަލް އަމެރީ ރާއްޖެއަށް

ޚާލިދު ރާއްޖެ ގެންނަނީ އެމްއެމްޕީއާރުސީ އިންނެވެ. އޭނާ ރާއްޖެ އަންނަނީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިސްތިހާރު ކުރަން ވީޑިއޯއެއް ހަދާށެވެ.

ރާއްޖޭގެ ރަަށު ޓޫރިޒަމާއި ރަށްރަށުގެ ދިރިއުޅުމުގެ ވީޑިއޯތަކެއް ހަދަން، މެދުއިރުމަތީގެ މަޝްހޫރު އިންފްލުއެންސާ ޚާލިދު އަލް އަމެރީ ގެނެސްފި އެވެ. 

ޔޫއޭއީއަށް އުފަން ހާލިދު ރާއްޖެ އަންނަކަން އޭނާ ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށް އިއުލާނުކޮށްފަ އެވެ. 

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރާ ސަރުކާރު ކުންފުނި އެމްމެމްޕީއާރުސީގެ އިސް ވެެރިއަކު ވިދާޅުވި ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކު ހާއްސަކޮށ މެދުއިރުމަތީގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޚާލިދު މިއަދު ރާއްޖެ އައިސް މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ. 

މި މުއްދަތުގައި އޭނާ ރާއްޖޭގެ އާބާދީ ބޮޑު އެއް ރަށް ކަމަށްވާ ލ. އަތޮޅާއި ބައެއް އެހެން ހިސާބުތަކުގައި ހަރަކާތްތެރިވާނެ އެވެ. ހާލިދު ލާމުގައި ހޭދަކުރާ މުއްދަތުގައި ހާއްސަ ގިނަ ސިފަތަކެއް ލިބިފައިވާ ލ. އަތޮޅުގެ ރަށްތަކުގެ އާއްމު ދިރިއުޅުމާއި އިސްލާމިކް ސަގާފަތް އަދި ރޯދަ މަހުގެ ވައްޓަފާޅި ހުންނަ ގޮތް ޑޮކިއުމެންޓް ކުރާނެ އެވެ. 

ޚާލިދު ރާއްޖެ ގެނައުމުގެ ބޭނުމަކީ ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އިސްތިހާރު ކުރަން ވީޑިއޯތަކެއް ހެދުމެވެ. މިއީ ކުރިއަށް އޮތް ފިތުރު އީދާއި އަލްހާއީދަށް ހާއްސަކޮށް މެދުއިރުތީގެ ފަތުރުވެރިންނަށް ހިންގާ ކެމްޕޭންގެ ބައެކެވެ. 

ޚާލިދު މީގެ ކުރިން ވެސް ރާއްޖެ އައިސްފައިވެ އެވެ. އޭނާ ވަނީ 2020 ވަނަ އަހަރު ކުރީގެ އަންހެނުން ސަލްމާއާއެކު ތާޖު އެގްޒޯޓިކާގައި ޗުއްޓީ ހޭދަކޮށްފަ އެވެ. އެފަހަރު އޭނާ ރާއްޖެ އައި ސަބަބެއްގެ ގޮތުގައި ބުނީ މަސައްކަތުން ހުސްވަގުތު ކޮޅެއް ނެގުމެވެ. 

ޚާލިދު އަލް އަމެރީ

ޚާލިދު އަލް އަމެރީއަކީ ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ސަހްސިއްޔަތެކެވެ. އޭނާ ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ގޮސް އެ ގައުމުތަކާ ބެހޭ ގޮތުން ވީޑިއޯތައް ހަދަމުންނެވެ. ޚާލިދު އަލް އަމެރީގެ އިސްޓަގްރާމްގައި 3.2 މިލިއަންއަށްވުރެ ގިނަ ފްލޯވަރުން ތިބިއިރު އޭނަ ޔޫޓިއުބުގެ ސަބްސްކްރައިބް ކޮށްގެން ތިބި މީހުންގެ އަދަދު ފަސް މިލިއަނަށްވުރެ ގިނަ އެވެ. މީގެ އިތުރުން ފޭސްބުކްގައި އަށް މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.