އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ކުރީގެ ސީޕީ ފަސީހް އައްޔަނުކޮށްފި

ފަސީހް އިމިގްރޭޝަން ކޮންޓްރޯލާކަމަށް އައްޔަނުކުރެއްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ވަކި ކުރެއްވުމަށްފަހު އެވެ.

ކުރީގެ ސީޕީ ފަސީހް. --ފޮޓޯ: މޯލްޑިވްސް ޖާނަލް

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމަށް، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހް، ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އައްޔަނުކުރައްވައިފި އެވެ.

ސްޓޭޓް މިނިސްޓަރު ފެންވަރުގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަނުކުރެއްވި ފަސީހް، 20 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ހިދުމަތުގައި ހުންނެވުމަށްފަހު ރިޓަޔާ ކުރެއްވީ 2012 ވަނަ އަހަރު އެވެ.

ފަސީހް އިމިގްރޭޝަން ކޮންޓްރޯލާކަމަށް އައްޔަނުކުރެއްވީ، އެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް ރޭގެ ވަގުތެއްގައި ވަކި ކުރެއްވުމަށްފަހު އެވެ.

ޝަމްއާން މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވަނިކޮށެވެ. ނަމަވެސް، އެކަމުގައި ޝަމްއާނަށް ސީދާ ތުހުމަތުކުރެވޭ ކަމެއް އަދި ނޭނގެ އެވެ.

އިމިގްރޭޝަންގައި 14 އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ޝަމްއާނަށް ކޮންޓްރޯލާ ކެނެޖަލްގެ މަގާމު ހަވާލުކުރެއްވީ ނޮވެމްބަރު 19، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ މަގާމު ހަވާލު ކުރެއްވިއިރު އޭނާ ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިމިގްރޭޝަންގެ ވަޒީފާއިން ވަކިކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.