އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން މަގާމުން ވަކިކޮށްފި

ޝަމްއާން މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ އިރުކޮޅެއް ކުރިން ބުނެ އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު --

އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށްފި އެވެ.

ޝަމްއާން މިރޭ މަގާމުން ވަކިކުރިކަން "މިރާ" އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ރަސްމީކޮށް އެކަން އިއުލާނުކޮށްފައެއް ނުވެ އެވެ. އަދި، ޝަމްއާން ވަކިކުރި ސަބަބު ވެސް ސާފެއް ނުވެ އެވެ.

ޝަމްއާން މަގާމުން ވަކިކޮށްފައިވާއިރު، އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖައިޒު މަންފާ ހޯދާ މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ މީގެ އިރުކޮޅެއް ކުރިން ބުނެ އެވެ.

އިމިގްރޭޝަންގައި 14 އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ޝަމްއާނަށް ކޮންޓްރޯލާ ކެނެޖަލްގެ މަގާމު ހަވާލުކުރެއްވީ ނޮވެމްބަރު 19، 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

އެ މަގާމު ހަވާލު ކުރެއްވިއިރު އޭނާ ހުންނެވި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަޒީފާއިން ވަކިކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.