އިންޖިނިއަރިންގެ ދާއިރާއިން ބޭރުގައި ކިޔަވަން ސްޓެލޯއިން ފުރުސަތު ތަކެއް

ސްޓެލްކޯއިން ހުޅުވާލާފައިވަނީ އިނގިރޭސިވިލާތުގައި ބެޗްލާސް ޑިގްރީ ހާސިލުކުރުމަށް ތިން ފުރުސަތެވެ.

ސްޓެލްކޯ އިންޖިނޭރުން މަސައްކަތުގައި : މަތީ ތައުލީމަށް ކިޔަވަން ވަނީ ފުރުސަތު ހުޅުވާލާފަ

އިންޖިނިއަރިންގެ ދާއިރާ އިން ބޭރުގައި މަތީ ތައުލީމަށް ކިޔަވަން ސްޓެލޯއިން ފުރުސަތު ތަކެއް ހުޅުވާލައިފި އެވެ. 

ރާއްޖޭގެ އެނާޖީ ސެކްޓާގެ އެންމެ ތަޖުރިބާކާރު އިންޖިނޭރުން ތިބި ސްޓެލްކޯއިން ބުނީ މެރިޓް ބޭސްޑް އިންޖިނިއަރިން ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ސްކޮލާޝިޕް ފުރުސަތުގެ ދަށުން އިނގިރޭސިވިލާތުގައި ބެޗްލާސް ޑިގްރީ ހާސިލުކުރުމަށް ތިން ފުރުސަތު ލިބިގެންދާނެ އެވެ، 

ސްޓެލްކޯ އިން ބުނީ މި ސްކޮލާޝިޕްގެ ދަށުން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގ ދާއިރާއިން އެއް ޖާގައާއި މެކޭނިކަލް އިންޖިނިއަރިން ދާއިރާއިން ދެ ޖާގަ މި ސްކޮލަރޝިޕް ފުރުސަތު ލިބޭނެ އެވެ.

ސްކޮލަރޝިޕްތަކަށް ކުރިމަތި ލެވޭނީ 24 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށެވެ. އަދި އޭލެވެލްގައި ހިސާބާއި ފިޒިކްސް ނުވަތަ ކެމިސްޓްރީ އާއި ކޮމްޕިއުޓަރު ސައިންސް ހިމެނޭހެން ދެ އޭސްޓާ އަދި އޭއެއް ހޯދާފައިވުން މި ސްކޮލާޝިޕަށް ކުރިމަތިލުމުގެ ޝަރުތުގެ ތެރޭގައި ހިމެނެ އެވެ.

ސްޓެލްކޯއިން އިތުރަށް ބުނިގޮތުގައި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީ އާއި ސްޓައިޕަންޑް އަދި ވިސާ ފީގެ އިތުރުން ދެކޮޅު ޓިކެޓް އާއި ބުކް އެލަވަންސް އަދި އެސްޓަބްލިޝްމަންޓް އެލަވަންސް އެ ކުންފުނިން ދޭނެ އެވެ.

މި ކޯސް ނިންމުމަށްފަހު ދަރިވަރުން ސްޓެލްކޯއަށް ހިދުމަތްކުރަން ޖެހެ އެވެ. އަދި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ. 

ސްޓެލްކޯގައި 2000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު އިންޖިއަރިންގެ އެކި ފީލްޑްތަކުން މަތީ ތައުލީމް ހާސިލް ކޮށްގެން ތިބި ގިނަ މުވައްޒަފުން ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.