މުމްބާއީ އިންޑިއަންސްއަކީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓް ޓީމެވެ.
އިންޑިއާގެ އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދި ކްރިކެޓް ޓީމް ކަމަށްވާ މުމްބާއީ އިންޑިއަންސް ކްރިކެޓް ޓީމުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އޮފިޝަލް ޓޫރިޒަމް މާކެޓިން ކުންފުނި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ބުނީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އަގުހުރި ކްރިކެޓް ޓީމު ކަމަށްވާ މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި މުހިންމު ޕާޓްނަޝިޕްއެއް ހަދާގައިވާ ކަމަށެވެ. މިއީ ވިޒިޓް މޯލްޑިވްސް އިން އިންޑިއާ މާކެޓަށް އަމާޒުކޮށްގެން ހެދި މިފަދަ ބޮޑު ފުރަތަމަ ޕާޓްނާޝިޕެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މި ޕާޓްނަޝިޕްގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް ސޯސް މާކެޓުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ އެވެ. ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ބަލާ ކުޅިވަރުކަމަށްވާ ކްރިކެޓަކީ ޑިސްޕޯޒެބަލް އިންކަމް ބޮޑު އޯޑިއަންސެއް ލިބިފައިވާ ކުޅިވަރެއް ކަމުން، މި ޕާޓްނާޝިޕަކީ އިންޑިއާ އަދި ބައިނަލްއަގްވާމީ ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކުރުމަށް އަޅާ ސްޓްރެޓެޖިކް ފިޔަވަޅެކެވެ.
މުމްބާއީ އިންޑިއަންސްގެ - މިއީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓް ޓީމެވެ. އިންޑިއާއަކީ ރާއްޖޭގެ އެއް ޓޮޕް ސޯސް މާކެޓަކަށް ވުމުން، މި ޕާޓްނަޝިޕަކީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ބްރޭންޑް ހޭލުންތެރިކަން އިތުރުކޮށް، އިންޑިއާގެ އެކި ސިޓީތަކުގައި ފޯރި އުފެއްދޭނެ ޕާޓްނަޝިޕެކެވެ. ވިޒިޓް މޯލްޑިވްސްއިން 2025 ވަނަ އަހަރު އިންޑިއާގެ 200،000 ފަތުރުވެރިން ގެނައުމަށް ކަނޑައަޅާފަައިވާ އަމާޒަށް ވާސިލުވުމަށް މި އެއްބާރުލުމުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި ޕާޓްނަޝިޕްގެ ތެރެއިން ވިޒިޓް މޯލްޑިވްސްއިން މުމްބާއީ އިންޑިއަންސްއާއެކު ޑިޖިޓަލް ޕްރޮމޯޝަންތަކާއި، އޮން ގްރައުންޑް އެކްޓިވޭޝަންތަކާއި، ދިވެހިރާއްޖެ އަކީ އެންމެ މަޤްބޫލް ލަގްޒަރީ ޓްރެވަލް މަންޒިލުގެ ގޮތުގައި ފާހަގަކޮށްދޭ އެކްސްކްލޫސިވް ތަޖުރިބާތައް ހިމެނޭ ގޮތަށް ޝައުގުވެރި ކެމްޕޭންތަކެއް ފަށާނެއެވެ. ކްރިކެޓް ސަޕޯޓަރުންނާއި ފަތުރުވެރިންނަށް ވެސް ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި ދުނިޔޭގެ ފެންވަރުގެ ރިސޯޓްތަކާއި ދިވެހިންގެ މެހެމާންދާރީ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީމުމްބާއީ އިންޑިއަންސްއާ އެކު ހެދި މި ޕާޓްނަޝިޕަކީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"އިންޑިއާ، ރާއްޖެ އަދި މުޅި ދުނިޔޭގެ އެތައް ގައުމެއްގެ އެތައް މިލިއަން ބައެއްގެ ހިތްތަކުގައި ކްރިކެޓަކީ ހާއްސަ ޖާގައެއް އޮތް ކުޅިވަރެއް. އިންޑއާގެ އެންމެ ފާހަގަކޮށްލެވޭ ކްރިިކެޓް ޓީމާ ގުޅިގެން، އިންޑިއާ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ހޮވުމަށް އިންސްޕަޔަރ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ޝިއުރީ ވިދާޅުވި އެވެ.
މުމްބާއީ އިންޑިއަންސްގެ ތަރުޖަމާނަކު ބުނެފައިވާ ގޮތުގައި ކްރިކެޓާއި ޗުއްޓީ އަކީ އުމުރު ދުވަހަށް ދެމިގެންދާ ހަނދާންތައް ހޯދައިދޭ ކަންތައްތަކެއް ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސްއާ ދެމެދު ހެދި މި ޕާޓްނާޝިޕާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް ދިވެހިރާއްޖެ ދައްކާލުމަށް ތިބީ ތައްޔާރަށްކަމަށެވެ.
ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ބޭނުންވާ ފަދަ ލަގްޒަރީ ސްޓޭތަކާއި ތަފާތު ތަޖުރިބާތައް ލިބޭ އިންޑިއާގެ ފަތުރުވެރިންގެ ގިނަ ބަޔަކު ދާން ބޭނުންވާ މަންޒިލެކެވެ. އަދި އިންޑިޔާގެ އެކި ސިޓީތަކުން ހަފްތާއަކު ގިނަ ޑައިރެކްޓް ފްލައިޓްތައް ރާއްޖެއަށް މެދުނުކެނޑި ދަތުރުކުރެއެވެ. މުމްބާއީ އިންޑިއަންސްއާއެކު ހެދި މި ޕާރްޓްނާޝިޕަކީ އިންޑިއާގެ މާކެޓުގައި ދިވެހިރާއްޖޭގެ ޕްރެޒެންސް އިތުރަށް މަތިކޮށް، އިންޑިއާގެ ފަތުރުވެރިންގެ އެންމެ އެދެވޭ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ވަރުގަދަ ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
އެމްއެމްޕީއާރުސީއިން ދަނީ ރާއްޖެ އިސްތިހާރު ކުރުމުގައި ތަފާތު ވިސްނުންތަކެއް ގެންގުޅެމުންނެވެ. މިގޮތުން އެ ކުންފުނިން ދާދިފަހުން ވަނީ ޕްރިމިއަ ލީގްގެ އެންމެ މަޝްހޫރު އެ ކްލަބް ކަމަށްވާ ލިވަޕޫލްގެ ޑެސްޓިނޭޝަން ޕާޓްނަރަަށްވެސް ވެފަ އެވެ.