އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޗައިނާއިން ޖުމްލަ 66,898 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ރަޝިއާއިން 55,570 މީހުން އައިސްފައިވެ އެވެ.
ރާއްޖެއަށް މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 544,074 އަށް އަރާފައިވާއިރު މިހާތަނަށް ޓޫރިޒަމް 4.9 ޕަސެންޓުގެ ކުރިއަރަމުންދާ ކަމަށް ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 518,804 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް 544,074 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ މިއީ 4.9 ޕަސެންޓުގެ ކުރިއެރުމެކެވެ. މިހާރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 7,066 މީހުން އަންނަ ކަމަށް ދައްކަ އެވެ.
ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ޗައިނާއިން ޖުމްލަ 66,898 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައި ރަޝިއާއިން 55,570 މީހުން އައިސްފައިވެ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުން 55,566 މީހުން އައިސްފައިވެ އެވެ. އަދި އިޓަލީން 51,588 މީހުން އައިސްފައިވެ އެވެ. އަދި ޖަރުމަނުވިލާތުން 37,670 މީހުން އަދި އިންޑިއާއިން އައި ޓޫރިސްޓުންގެ އަދަދު އުލެނީ 26,606 ގަ އެވެ.
ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ 375,560 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގަ އެވެ. އަދި ގެސްޓްހައުސްތަކުގައި ޖުމްލަ 139,106 މީހުން ޗުއްޓީ ހޭދަކޮށްފައިވާ ކަމަށް ދައްކަ އެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު ޓޫރިޒަމް ފެސިލިޓީތަކުގެ އޮކިއުޕެންސީ ވެސް ވަނީ އިތުރުވެފަ އެވެ. އަދި ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތުވެސް އިތުރުވެފައިވާތީ އާމްދަނީ ވެސް އިތުރުވެފަ އެވެ. މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.