ފެށިއިރު އާދައިގެ ގޮތަކަށް ހިދުމަތް އޮތްނަމަވެސް މިހާރު އެއާ އެމްބިއުލާންސް ބޯޓުގައި ކުއްލި ފަރުވާގެ ހުރިހާ ވަސީލަތްތަކެއް ވަނީ ގާއިމްކޮށް ހިދުމަތް ފުރިހަމަކޮށްފަ އެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސް ހިދުމަތް ފެށިތާ އަހަރެއް ވެފައިވާއިރު، މޯލްޑިވިއަންގެ މި ބޯޓުން މަހަކު 80 އަށްވުރެ ގިނަ މީހުން އުފުލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި އެއާ އެމްބިއުލާންސް ފައްޓާފައިވަނީ މިދިޔަ އަހަރުގެ މާރިޗު އެއްވަނަ ދުވަހު އެވެ. މި ހިދުމަތް ފެށިއިރު ބަލި މީހުން އުފުލަން ބޮޑަށް ޑިޕެންޑް ވެފައި އޮތީ އިންޑިއާ ސިފައިންގެ ހެލިކޮލްޓަރަކަށެވެ. އަދި މޯލްޑިވިއަން އިން ބަލި މީހުން އުފުލަނީ އިމަޖެންސީއެއް ދިމާވުމުން ސްޓެޗާ ހަރުކޮށްގެން ދަތުރު ކުރާ ބޯޓެކެވެ.
ރާއްޖޭގައި ރަސްމީކޮށް ވައިގެ މަގުން ބަލި މީހުން އުފުލަން ވަސީލަތްތަކާއެކު އުޅަނދެއް ނެތިފައި ވަނިކޮށް ފެށި މި ހިދުމަތަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މިނިސްޓަރު މުހައްމަދު އަމީނު ވިދާޅުވީ މިހާތަނަށް 1000 މީހުން މި ބޯޓުގައި ވަނީ އުފުލާފަ އެވެ. މިއީ މަހެއްގެ މައްޗަށް ބަލާނަމަ 80 އަށްވުރެ ގިނަ މީހުންނެވެ.
ފުރަތަމަ ވަރަށް އާދައިގެ ގޮތަކަށް ފެށި މި ހިދުމަތް ރަނގަޅު ކުރަމުން ގޮސް މިހާރުގެ އެއާ އެމްބިއުލާންސް ބޯޓުގައި ކުއްލި ފަރުވާދޭން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށްފައިވެ އެވެ. މީގެ އިތުރުން މިކަމަށް ހާއްސަކޮށް ތަމްރީން ވެފައިވާ ކްރޫއިންނާއި އިމަޖެންސީގައި ފަރުވާ ދޭން ހާއްސަ ޑޮކްޓަރުން ވެސް ހިމެނެ އެވެ.