ބީއެމްއެލް އިސްލާމިކްގެ އެހީ މަމްސް އެއިޑުގެ ބެކް ޓު ސްކޫލް ކެމްޕޭނަށް

ބީއެމްއެލް އިސްލާމިކް އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި އެހީގެ ދަށުން 100 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.

މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ބޭނުން ކުރަން ބީއެމްއެލް އިސްލާމިކް އިން އެހީތެރިކަން ދީފި އެވެ.

މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގާ "ބެކް ޓު ސްކޫލް" ކެމްޕޭނަށް ބީއެމްއެލް އިސްލާމިކް އިން 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ. މި އެހީގެ ދަށުން 100 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.

ބީއެމްއެލްއިން އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދު ވެސް އިސްކަން ދެ އެވެ. ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ރަމަޟާން މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުންވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފައެވެ.

ބީއެމްއެލް އިސްލާމިކް އިން އަންނަނީ ޚިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިފަދަ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.