އެމްޕީއެލްއިން އިއްޔެ އެންމެ ގިނައިން ނެރެފައިވަނީ ފިޔާ އެވެ. މީގެ އިތުރުން އަލުވި އާއި ތަރުކާރީގެ ގިނަ ބާވަތްތަކެއްވެސް ހިމެނެ އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި ރޯދަމަހު އެންމެ ގިނައިން މުދާ ނެރުނު އެއް ދުވަހަކީ އިއްޔެ އެވެ.
މާލެ ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލް އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އިއްޔެ 226 ޓީއީޔޫއެސް ކޮންޓެއިނަރު ވަނީ ބަނދަރުން ނެރެދީފަ އެވެ. މިއީ ގާތްގަނޑަކަށް 200 ވަރަކަށް ކޮންޓެއިނަރުގެ މުދަލެވެ.
އެމްޕީއެލް އިން އިއްޔެ އެންމެ ގިނައިން ނެރެފައިވަނީ ފިޔާ އެވެ. ޕެރިޝަބަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ އަދި ބާޒާރުގައި ޑިމާންޑް ބޮޑު 1،300 ބަސްތާ ފިޔާ ވަނީ ކްލިއާކޮށްފަ އެވެ. މީގެ އިތުރުން 1،000 ބަސްތާ ފިޔާ ކްލިއާކޮށްފައިވެ އެވެ. ދެން އެންމެ ގިނައިން ނެރެފައިވަނީ ކަރާ އެވެ. ކަރާގެ 740 ބަސްތާ ވިޔަފާރި ބަނދަރުން ނެރެދީފައިވެ އެވެ. މީގެ އިތުރުން ވެސް ތަރުކާރީގެ ގިނަ ބާވަތްތަކެއްވެސް ހިމެނެ އެވެ.
ރޯދަ މަހު ބާޒާރަށް ބޭނުންވާ މުދާ ކްލިއާ ކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން އިއްޔެ 20 ފޫޓުގެ 60 ކޮޓަރިއަނު ކްލިއާކޮށްފައިވެ އެވެ. މީގެ އިތުރުން 40 ފޫޓުގެ 80 ކޮންޓަރިނަރު ކްލިއަކޮށްފައިވެ އެވެ.
އެމްޕީއެލްއިން ވަނީ ރޯދަ މަހަށް ތައްޔާރުވާން އެ ކުންފުނީގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިގޮތުން ވިޔަފާރިވެރިންނަށް ފަސޭހަވާނެ ގިނަ ބަދަލުތަކެއްވެސް ހިމެނެ އެވެ،