ކާނިވަލުގައި އަޅާ އާ ސްޓޭޖް ދައްކާލައިފި، އަގަކީ 4.8 މިލިއަން ރުފިޔާ

އާ ސްޓޭޖެއް ތަރައްގީކުރަން ކައުންސިލުން ހަވާލުކޮށްފައިވަނީ ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

އަލިމަސް ކާނިވަލުގައި އަޅާ ސްޓޭޖްގެ ކުރެހުމެއް --

މާލެ ސީޓީގެ އަލިމަސް ކާނިވާ ސަރަޙައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ތަރައްގީކުރާ، ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުމެއް މާލެ ސިޓީ ކައުންސިލުން ދައްކައިލައިފި އެވެ.

އާ ސްޓޭޖް ހުންނާނެ ގޮތުގެ ކުރެހުން ކައުންސިލުން އާންމުކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ބަޔަކާ ހަވާލުކޮށްފަ އެވެ. އާ ސްޓޭޖެއް ތަރައްގީކުރަން ކައުންސިލުން ހަވާލުކޮށްފައިވަނީ ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

ކައުންސިލުން ބުނީ މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ މުއްދަތަކީ، އެއްބަސްވުމުގައި ސޮއިކުރި ދުވަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެއީ ޖުމްލަ 140 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 

މަސައްކަތުގެ އަގަކީ 4.8 މިލިއަން ރުފިޔާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.

ކައުންސިލުން ބުނީ ކާނިވަލުގެ އާ ސްޓޭޖްގެ މަސައްކަތަކީ މިހާރުގެ މޭޔަރު އާދަމް އާޒިމް މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، މިހާރު އޮތް ކައުންސިލްގެ ފްލޯއިން ފާސްކުރެވިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެއް ކަމަށެވެ.

އަލިމަސް ކާނިވަލުގައި މިހާރު ވީނާވާން ކައިރިވެފައި ހުރި ސްޓޭޖަކީ 2004 ވަނަ އަހަރު އަޅާފައިވާ ސްޓޭޖެކެވެ. ބޮޑެތި ޖަލްސާތަކާއި އިވެންޓްތައް މިހާރު ވެސް އެ ސްޓޭޖުގައި ބާއްވަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.