ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފައިވަނިކޮށް، މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިޔުޓީ ގަވަރުނަރު އަހުމަދު އިމާދު އިސްތިއުފާ ދެއްވައިފި އެވެ.

އިމާދު މިއަދު އިސްތިއުފާ ދެއްވާފައިވަނީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ނުކުރައްވައި ހުންނެވިއިރު، އެ ކަންކަން ފާހަގަކުރުމަށްޓަކައި އިމާދު މަސައްކަތް ކުރެއްވިކަން އެނގެން ނެތް ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ވައްދާފައިވަނިކޮށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައިވަނިކޮށް، އިމާދު އިސްތިއުފާ ދެއްވުމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަންޖެހޭ ސަބަބެއް ނެތް ކަމަށް ރިޔާސަތުން ވަނީ އިއުލާނުކުރައްވައިފަ އެވެ.
އިމާދު ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަނުކޮށްފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2020 ވަނަ އަހަރު އެވެ.
އޭގެކުރިން އޭނާ ވަނީ، އެމްއެމްއޭގެ އެކި އިސް މަގާމުތަކުގައި 25 އަހަރު ހިދުމަތް ކުރައްވައިފަ އެވެ.