ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަނުކުރަން ޖޭއެސްސީން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އަރުވަން ނިންމައިފި އެވެ.

ފަނޑިޔާރު ޝަހީދު: ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ވަނީ ކުރިމަތިލައްވާފައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެއިން ޝަހީދު އައްޔަނުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އަރުވަން ނިންމައިފި އެވެ. 

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު، ދެ ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު މުއްދަތު ހަމަވި އިރު ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.

ދެވަނަ ފަހަރަށް އިއުލާނު ކުރުމުން، ފަނޑިޔާރު ޝަހީދުގެ އިތުރުން ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމް ވަނީ ކުރިމަތިލައްވާފަ އެވެ.

އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ބެންޗަށް ޝަހީދު އައްޔަނުކުރަން ރައީސަށް ލަފާ ދިނުމަށް ޖޭއެސްސީން ރޭ ނިންމާފައިވާކަން އެނގިފައިވެ އެވެ. 

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިފާ ދެއްވުމުންނެވެ. 

ސުއޫދު އިސްތިއުފާ ދެއްވާފައިވަނީ، އޭނާ އާ ގުޅޭ މައްސަލައެއް އޭސީސީން ބަލަމުންދާތީ، ޖޭސްއެސްސީން ފަނޑިޔާރުކަމުން ސަސްޕެންޑުކޮށްފައިވަނިކޮށެވެ. 

ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އިސް ފަނޑިޔާރު ކަމަށް އައްޔަނު ކުރީ އޮކްޓޯބަރު 30، 2023 ގައެވެ. އޭގެ ކުރިން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީ ކަން ވެސް ކުރައްވާފައިވެ އެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.