މިހާތަނަށް ލިބުނީ 7.1 ބިލިއަން، ހަރަދުވީ 5.1 ބިލިއަން

ބަޖެޓުން ކުރަމުންދާ ޖުމްލަ ހަރަދުތައް ދައްކާ ގޮތުގައި ބަޖެޓުގެ ހަރަދު ހުރީ ލިބޭ އެއްޗަކަށްވުރެ 1.4 ބިލިއަން ކުޑަކޮށެވެ. މި ޓްރެންޑް ހަރަދު ފެށުނީއްސުރެން ފެށިގެން ދަމަހައްޓާ ކަމަށް ދައްކަ އެވެ.

މިހާތަނަށް ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބުނުއިރު، މިހާތަނަށް 5.1 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީން އާއްމުކުރި އެންމެފަހުގެ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައިވެސް ގާތްގަނޑަކަށް ލިބުނު އާމްދަނީ އެވެ. މި މުއްދަތުގައި ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 5.9 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ލިބިފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ. 

ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭ އަދަދު އިތުރުވެފައިވެ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިހާތަނަށް 1.2 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބުނީ އެއް ބިލިއަން ރުފިޔާ އެވެ. ހިލޭ އެގީއަށް މި އަހަރު 40 މިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ލިބިފައިވަނި 28 މިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ ބަޖެޓުން މިހާތަނަށް ޖުމްލަ ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވަނީ 5.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަރަދު ހުރީ 7.4 ބިލިއަން ރުފިޔާގަ އެވެ. މިހާތަނަށް މުސާރަދޭން 2.4 ބިލިއަން ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރު މުސާރައަށް ހަރަދުކޮށްފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. އަދި ހިންގުމުގެ ހަރަދުތަކަށް މި އަހަރު 2.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރު މިބައިގެ ހަރަދު ހުރީ 3.6 ބިލިއަން ރުފިޔާގަ އެވެ. 

ބަޖެޓް 2025 - މި އަހަރަށް ފާސްކުރީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެ އެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 2.5 ބިލިއަން ރުފިޔާއާއި، އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރާ 37.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އާމްދަނީީއާއި ހިލޭ އެހީގެ ގޮތުގައި 39.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރާއިރު ދައުލަތުގެ ހަރަދުތަކަށް ހިނގާނެކަމަށް ލަފާކުރަނީ 49.2 ބިލިއަން ރުފިޔާ އެވެ. އެއިން 35.8 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދުތަކެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެއިން 12.4 ބިލިއަން ރުފިޔާއަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ހިނގާނެކަމަށް ބެލެވޭ ހަރަދެވެ. މި ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި އާމްދަނީއާއި ހަރަދުގެ ފަރަގު ނުވަތަ ޕްރައިމަރީ ޑެފިސިޓުގެ ގޮތުގައި ލަފާކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.