މިއީ ކުޑަގިރިއަށް ޒިޔާރަތްކުރާ އާންމުންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި އެމްޓީސީސީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
ކ. ކުޑަގިރި ފަޅުގައި ޑައިވް ސައިޓެއް ތަރައްގީ ކުރުމުގެ ގޮތުން ދެ މަތިންދާ ބޯޓު އިއްޔެ ފައްތައިފި އެވެ.
މިއީ ކުޑަގިރިއަށް ޒިޔާރަތްކުރާ އާންމުންނަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި އެމްޓީސީސީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
ބޭނުން ނުކުރާ މި ދެ މަތިންދާ ބޯޓު ފައްތަން ގެންގޮސްފައި ވަނީ ބާޖެއްގަ އެވެ. މަތިންދާބޯޓުތައް ފައްތާފައި ވަނީ ފައި ތަނބުތަކެއް ޖަހައި، ބަރުކޮށްގެންނެވެ. އޭގެ ސަބަބުން އޮއި ބާރުވިޔަސް އަދި ރާޅުގެ ސަބަބުން ވެސް މަތިންދާބޯޓުތައް ނުގުޑާނެ އެވެ.
މިއީ މިގޮތަށް ތަރައްގީ ކުރާ ފުރަތަމަ ޑައިވް ސައިޓެވެ. މި ޑައިވް ސައިޓް ތަރައްގީ ކުރަނީ ތިމާވެއްޓަށް ގެއްލުން ނުވާނެހެން އެސެސްމެންޓްތައް ހެދުމަށްފަހު އެވެ.
އެތަނަށް ފައްތާގައި ވަނީ ކުރިން އެއާ މޯލްޑިވްސް އިން ބޭނުން ކުރި ނަމަވެސް މިހާރު ބޭނުން ނުކުރާ ދެ މަތިންދާ ބޯޓެވެ.