ސްޓެލްކޯއިން އެކްސްގައި ބުނީ ކަރަންޓް ކެނޑެން ދިމާވީ ޓެކްނިކަލް މައްސަކައަކާއި ގުޅިގެން ކަމަށާ ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ފަރާތުން މަޢާފަށް އެދޭ ކަމަށެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑުނުނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފި އެވެ.
ކަރަންޓު ކެނޑެން ދިމާވި ސަބަބު ބަޔާންކޮށް ސްޓެލްކޯއިން އެކްސްގައި ބުނީ ކަރަންޓް ކެނޑެން ދިމާވީ ޓެކްނިކަލް މައްސަކައަކާއި ގުޅިގެން ކަމަށާ ދިމާވާނެ ދަތިތަކަށް ކަސްޓަމަރުންގެ ފަރާތުން މަޢާފަށް އެދޭ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކޮށް ކަރަންޓް ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ސްޓެލްކޯއަކީ ކަރަންޓުގެ ހިދުމަތް ދޭތާ 75 އަހަރުވީ ކުންފުންޏެކެވެ. މި ކުންފުނިން މިހާރު މާލޭގެ އިތުރުން 35 ރަށެއްގައި ހިދުމަތް ދެމުން ގެންދެ އެވެ.