ފަހުމީ ވަނީ އެ ފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ އިޖުތިމާއީ އަދި ސިޔާސީ އެކި މަންސަތަކުގައި އެއްވެސް ހާލަތެއްގައި ކުޑަކުދިންގެ އަބުރާއި ބެހި، އެކުދިންގެ ކަރާމާތަށް އަރައިގަތުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފަހުމީ ވަނީ އެ ފަދަ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފަ އެވެ.
"ޒާތީ ރުޅިވެރިކަމެއްގައި ވިޔަސް، ނުވަތަ ސިޔާސީ ވާދަވެރިކަމުގައި ވިޔަސް، އަޅުގަނޑުމެން އެންމެންނަކީ ކުޑަކުދިންގެ ހައްގަކަށް އަރައިގަތުމުން ދުރުވެތިބޭ، އަދި އެފަދަ ނޭއްގާނީ އަމަލުތަކާއި ދެކޮޅަށް ހައްގު ބަސް ބުނުމަށް ފަސްޖެހުމެއްނެތި ތެދުވާ ބަޔަކަށް ވަމާތޯ!" ފަހުވީ ވިދާޅުވި އެވެ،
ފަހުމީ މިފަދައިން ޕޯސްޓެއް ކުރައްވާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގައި ވާހަކަ ދެއްކުމުންނެވެ. އެ ވާހަކަ ދެއްކީ އެޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އެވެ. އޭނާ ވަނީ ރާއްޖޭގައި ވޭޕް މަނާ ކުރުމާއި ރައީސްގެ ދަރިކަލަކާއި ގުޅުވައި ވާހަކަ ދައްކާފަ އެވެ.
މިކަން ހޫނުވެ، ސަރުކާރުގެ އެކިއެކި އިސްވެރިންނާއި، އެކިއެކި އިދާރާތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެމަނިކުފާނުގެ ޕާޓީ، ޕީއެންސީން ވަނީ އެ މައްސަލަ ބެލުމަށް ވެސް ގޮވާލާފަ އެވެ.