އޭޕްރީލް 3 ވެސް ބަންދު، ފިތުރު އީދާ ދިމާކޮށް ބޮޑު ބަންދެއް

ރައީސްގެ މި ނިންމެވުމާއެކު، ރޯދަ މަހުގެ ފަހު 10 އަކާއެކު ބޮޑު ބަންދެއް ލިބިގެންދާނެ އެވެ. ބަންދު ފެށޭނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.

ރައީސް އޮފީސް

އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.

ކަލަންޑަރުގައިވާ ގޮތުން، މިއަހަރުގެ ފިތުރު އީދު ދުވަހަކީ މިމަހުގެ 31 ވަނަ ދުވަހެވެ. އެއާޖެހެގެން އަންނަ އޭޕްރީލް އެއްވަނަ ދުވަހާއި ދެވަނަ ދުވަސް ވެސް ބަންދެވެ. ރައީސް މިހާރު ވަނީ އޭޕްރީލް ތިނެއްވާ ބުރާސްފަތި ދުވަސް ވެސް ބަންދުކުރަން ނިންމަވައި، އެ ހަފްތާ އެއްކޮށް ޗުއްޓީވާ ގޮތަށް ހަމަޖައްސަވާ ދެއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިނަމަ، ފިތުރު އީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް އެކަކަށްފަހު، އެޕްރީލް ދެވަނަ ދުވަހާއި ތިންވަނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ނިންމަވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭ ގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ މި ނިންމެވުމާއެކު، ރޯދަ މަހުގެ ފަހު 10 އަކާއެކު ބޮޑު ބަންދެއް ލިބިގެންދާނެ އެވެ. ބަންދު ފެށޭނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ. އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.