އެ މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުންް ގުރުއަތުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލާފައި ކަމަށެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށްދާން ހޮވިފައިވާ މީހުންގެ ތެރެއިން އޮޅުވާލައިގެން ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާ މީހެއްނަމަ އެ ފުރުސަތު ގެއްލޭނެ ކަމަަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުންް ގުރުއަތުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލާފައި ކަމަށެވެ.
"ފަގީރުންގެ ޝަރުތަށް ފެތޭކަން ކަށަވަރުކޮށްފައި. އޮޅުވާލައިގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ،" މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ހަރަދުގައި މިއަހަރު ހައްޖަށް ގެންދާ 50 މީހުން މިދިޔަ ހަފްތާ ވަނީ ހޮވާފަ އެވެ. އެމީހުން ހޮވާފައި ވަނީ ފަގީރުންގެ ދަފްތަރުގެ ތެރެއިން ހިލޭ ހައްޖަށް މީހުން ފޮނުވުމާ ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތު ނަގައިގެންނެވެ.
މީގެ އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެ މީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ވަނީ ގުރުއަތުން ހޮވާފަ އެވެ.
ދައުލަތުގެ ހަރަދުގައި ހައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ޒަކާތު ހައުސްގެ ފަގީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން މުރާޖައާކޮށްފައިވާ ދަފްތަރެކެވެ.
ރިޔާސީ ފުރަތަމަ ދައުރުގައި 1،000 ފަގީރުން ހައްޖަށް ފޮނުއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، މިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ދައުލަތުގެ ހަރަދުގައި 50 ފަގީރުން ވަނީ ހައްޖަށް ފޮނުވައިފަ އެވެ.