ތާރީހީ ރެކޯޑެއް | އެންމެ ގިނަ މުދާ ގެނައީ މިދިޔަ އަހަރު

ސީއީއޯ ވަޖީހު ވިދާޅުވި ގޮތުގައި މި ބަދަލު އައިސްފައިވަނީ ރައީސް ޑރ، މުއިއްޒުގެ އިރުޝާދުގެ ދަށުން ގެނެވުނު ބަދަލުތަކުންނެވެ.

އެމްޕީއެލްގެ އެމްޑީ ހައްމަދު ވަޖީހު އިބްރާހިމް ވާހަކަ ދައްކަވަނީ

ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކާގޯ އެތެރެކުރީ މިދިޔަ އަހަރު ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

ސީއީއޯ ވަޖީހު ފޭސްބުކްގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ކުރެއްވި ޕޯސްޓުގައި ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ވޭތުވެދިޔަ ފަސް އަހަރު ކާގޯ އިތުރުވި އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރު ރާއްޖޭގެ އިގުތިސޯދަށް ދިރުން އައިސްފައިވާކަން މި ތަފާސްހިސާބުން ދޭހަވާކަމަށެވެ.

މި އަހަރު ގިނަ ޕްރޮޖެކްޓުތަކެއް ފެށުމުން އިގުތިސޯދަށް އިތުރު ކުރިއެރުން ލިބޭނެކަމުގެ އުންމީދު އޮތްކަމަށް ވިދާޅުވިއެވެ. މި އަހަރު ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުތަކުގެ ގިނަ ޕްރޮޖެކްޓުތަކެއް ފެށިގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދުވަހަކު ވެސް ނުލިބޭވަރުގެ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވަޖީހު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވަޖީހު ވިދާޅުވީ މި ކުރިއެރުމާއެކު ރާއްޖެ އަންނަ ކާގޯގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެތީ، ޕްރޮޖެކްޓުތަކަށް ދަތިނުވާ ގޮތަށް ކާގޯ މެނޭޖުކުރުމަށް އެމްޕީއެލުން މިހާރުވެސް ދަނީ ތައްޔާރުވަމުންކަމަށެވެ.

އެމްޕީއެލްގެ ހިސާބުތައް

އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު 66,638 ޓީއީޔޫސް ކޮންޓެއިނަރައިޒް ކާގޯ އެތެރެކޮށްފައިވާއިރު، 150,692 ފްރެއިޓް ޓަންސް ޖެނެރަލް ކާގޯ ވަނީ އެތެރެކޮށްފަ އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ކޮންޓެއިނަރައިޒް ކާގޯއިން ހަތް ޕަސެންޓް އަދި ޖެނެރަލް ކާގޯއިން 29 ޕަސެންޓް އިތުރުވުމެކެވެ. ރާއްޖެއަށް އެތެރެކުރާ ކޮންޓެއިނަރުގެ އަދަދު އިތުރުވަމުންދާތީ ކޮންޓެއިނަރު ބެހެއްޓޭނެ ޖާގަ އިތުރުކުރުމަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މިހާރު މާލޭ ވިޔަފާރި ބަނދަރުގައި އެއްފަހަރާ ބެހެއްޓެނީ 2,200 ކޮންޓެއިނަރެވެ. ނަމަވެސް ބަނދަރު ފުރެމުންދާތީ އެކި ބާވަތްތަކުގެ ކާގޯ ހިމެނޭ ކޮންޓެއިނަރު ބަނދަރުގައި ބެހެއްޓޭނެ ދުވަސްތަކުގެ އަދަދު މަދުކުރުމަށް ނިންމާފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ.

ރާއްޖެ އަށް އެތެރެކުރެވޭ މުދާ މާލޭ ވިޔަފާރި ބަނދަރުގެ އިތުރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ފަސް ބަނދަރަކަށް ބާލާކަމަށް ވެސް ވަޖީހު ފާހަގަކުރެއްވިއެވެ. މީގެކުރިން ރާއްޖެއަށް އެންމެ ގިނައިން ކާގޯ އެތެރެކުރިކަމުގެ ރެކޯޑު ގާއިމުކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެ އަހަރު ޖުމްލަ 186،671 ކާގޯ އެތެރެކޮށްފައިވެއެވެ. އެއީ 63،002 ޓީއީޔޫސްގެ ކޮންޓެއިނަރާއި 123،669 ފްރެއިޓް ޓަނުގެ ޖެނެރަލް ކާގޯއެވެ. ޖެހިގެން އައި 2019 ވަނަ އަހަރު އެ އަދަދުތަކަށް މާބޮޑު ބަދަލެއް އައިސްފައި ނުވާކަމަށްވެސް ވަޖީހް ވިދާޅުވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.