ހެންވޭރު ޓާމިނަލުން ލޯންޗުތަކުގެ ދަތުރު ފަށައިފި، ދުވާލަކު 2،000 މީހުންނަށް ދަތުރުކުރެވޭނެ

ފުރަތަމަ ހިދުމަތް ފަށަން އެދުނީ ހަތް ލޯންޗް އެކެވެ. އެމްޓީސީސީން ބުނީ އެއްފަހަރާ 15 ލޯންޗްއަށް ހިދުމަތް ދެވޭނެ އެވެ،

ހެންވޭރު ހުޅުމާލެ ފެރީ ޓާމިނަލް އިން ލޯންޗެއް މިއަދު ދަތުރު ފަށަނީ -- އެމްޓީސީސީ

ގަދަ އަތްވާއި ވާރޭގެ ތެރޭގައި ދަތުރަށް އަރަމުން ދިޔަ ލޯންޗް ދަތުރުވެރިންނަށް ހެންވޭރު ފެރީ ޓާމިނަލް ހާއްސަކޮށް، މިއަދު ބޭނުން ކުރަން ފަށައިިފި އެވެ. 

އެމްޓީސީސީ އިން ވަނީ ލޯންޗްތައް ދަތުރު ހެންވޭރު އެމްޓީސީސީ ޓާމިނަލުން ދަތުރު ފެށުން ފާހަގަ ކުރުމުގެ ގޮތުން ޓާމިނަލްގައި މިއަދު ރަސްމިއްޔާތެއް ބާއްވާފަ އެވެ. 

އެމްޓީސީސީގެ ސީއީއޯ އަހްމަދު ސަޢުދީ ވިދާޅުވީ ހެންވޭރު ފެރީ ޓާމިނަލަކީ ހުޅުލެއަށާއި ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައް ވެސް ކައިރި ކުރާތަނެއް ނަމަވެސް އަތޮޅުތަކުގެ ލޯންޗްތަކުގެ ޝެޑިއުލުން ލިބުމުން އެ ވުގުތުތަކަށް އެ ތަނުން ފަސޭހައިން ހިދުމަތް ލިބޭނެ އެވެ. 

މި ދަތުރުތައް ފެށުމާއެކު ލޯންޗްތަކުގެ ޝެޑިއުލަށް ބަދަލު ގެނެސް ހުޅުމާލެއަށް ދާން ބޭނުންވާ ފަރާތްތަކުން ހުޅުމާލެ ޓާމިނަލަށް ބޭލުމަށްފަހު އަންނަ ގޮތަށް ބަދަލު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމްޑީ ވިދާޅުވި އެވެ. 

"ގަބޫލު ކުރަނީ ކުރިއަށްއޮތްތަނުގައި މިކަމުގެ ފައިދާ އޮޕަރެޓަރުންނަށް ލިބުނީމަ ޝެޑިއުލްތައް އެބޭފުޅުން ބަދަލުކުރުން އެކަށީގެންވޭ،" ސައުދީ ވިދާޅުވި އެވެ. 

ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ފުރުސަތު ހުޅުވާލުމުން ފުރަތަމަ ފުރުސަތުގެ ބޭނުން ހިފީ ހަތް ލޯންޗްއަކުންނެވެ. މި ލޯންޗްތައް ނިސްބަތް ވަނީ. އދ. ކ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށެވެ. އެ ކުންފުނިން އަންދާޒާ ކުރަނީ 15 ލޯންޗް ފެރީއަށް ޓަމިނަލް ހިދުމަތް ދެވޭއިރު ދުވާލަކ 2000 ފަސިންޖަރުން ހިދުމަތުގެ ބޭނުން ކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.