9 ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އެޅުމަށް ހަވާލުކޮށްފި

ހެލްތު މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތް ކުރުމަށާއި ހަތަރު ރަށެއްހައި ހޮސްޕިޓަލް އަދި ހަތަރު ރަށެއްގައި ސިއްހީ މަރުކަޒު ގާއިމް ކުރުމަށެވެ.

ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --

ރާއްޖޭގެ ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ އިމާރާތްތައް އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ރޭ ބޭއްވި ރަސްމިއްޔާތުގައި ހަވާލުކޮށްފައި ވަނީ ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތް ކުރުމަށާއި ހަތަރު ރަށެއްހައި ހޮސްޕިޓަލް އަދި ހަތަރު ރަށެއްގައި ސިއްހީ މަރުކަޒު ގާއިމް ކުރުމަށެވެ. 

މި މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ސަރުކާރުގެ ހިއްސާ އޮންނަ ތިން ކުންފުނި ކަމަށްވާ ފެނަކަ، އެމްޓީސީސީ އަދި އާރްޑީސީއާ އެވެ.

ހޮސްޕިޓަލް އަޅަން ހަވާލުކުރި ރަށްތަކަކީ؛

  •  ހދ. ހަނިމާދޫ - އާރްޑީސީ (104 މިލިއަން ރުފިޔާ)
  •  އދ. މާމިގިލި - އާރްޑީސީ (105 މިލިއަން ރުފިޔާ)
  •  ވ. ފެލިދޫ - އެމްޓީސީސީ (105 މިލިއަން ރުފިޔާ)
  •  ތ. ވިލުފުށި - އެމްޓީސީ (105 މިލިއަން ރުފިޔާ)
ނުވަ ރަށެއްގައި ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން --

ސިއްހީ މަރުކަޒު އަޅަން ހަވާލުކުރި ރަށްތަކަކީ؛

  •  ކ. ގާފަރު - އާރްޑީސީ (26.8 މިލިއަން ރުފިޔާ)
  •  ނ. ފޮއްދޫ - އެމްޓީސީސީ (26.8 މިލިއަން ރުފިޔާ)
  •  ށ. މާއުނގޫދޫ - އެމްޓީސީސީ (27 މިލިއަން ރުފިޔާ)
  •  ހދ. މަކުނުދޫ - ފެނަކަ (103 މިލިއަން ރުފިޔާ)

ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި އިމާރާތް ކުރަން ހަވާލުކޮށްފައި ވަނީ އާރްޑީސީއާއެވެ. އެ މަޝްރޫއުގެ އަގަކީ 23 މިލިއަން ރުފިޔާ އެވެ.

އާރްޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑީރެކްޓަރު ބްރިގޭޑިއާ ޖެނަރަލް ރިޓަޔާޑް އަލީ ޒުހެއިރުއެވެ. 

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.

އަދި ފެނަކައާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ސޮއިކުރެއްވިއިރު، ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.