މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަމުންދަނީ އުމުރުން 31 އަހަރުގެ ހ. ބްލޫލޫން، މާލެ، ހައްވާ ހަސަން އެވެ.

ގެއްލިގެން ހޯދަމުންދާ ހައްވާ ހަސަން --

މާލެއިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ އުމުރުން 31 އަހަރުގެ ހ. ބްލޫލޫން، މާލެ، ހައްވާ ހަސަން އެވެ.

ފުލުހުން ބުނީ ހައްވާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ހައްވާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ޑިޕާޓްމެންޓްތަކަށް މައުލޫމާތު ހިއްސާކޮށް، ހޯދުމުގެ މަސައްކަތް ކުރި ނަމަވެސް، މިހަތާނަށް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންވެ، ފުލުހުން ވަނީ ހައްވާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފަ އެވެ. ފުލުހުން ވަނީ އޭނާގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.

ހައްވާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްނަމަ، މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.