ފަހު 10ގައި ދަމު ނަމާދުކުރާނީ 34 މިސްކިތެއްގައި، އިއުތިކާފަށް ތިބުމަށް 23 މިސްކިތެއް

މިނިސްޓްރީން ބުނީ މިއަހަރު މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށެވެ.

ހުކުރު ނަމާދުގެ ޖަމާއަތެއް --

މިއަހަރުގެ ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގެ 34 މިސްކިތެއްގައި ޖަމާއަތު ގައި ދަމު ނަމާދުކުރާނެ ކަމަށާއި، އިއުތިކާފަށް ތިބެން 23 މިސްކިތެއް ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ކޮންމެ އަހަރަކު ވެސް ރޯދަމަހުގެ ފަހު ދިހައެއް ގައި މާލެ ސަރަހައްދުގައި ދަމު ނަމާދު ކުރާނެ މިސްކިތްތަކާއި އިއުތިކާފަށް ތިބޭނެ މިސްކިތްތައް ކަނޑައަޅަ އެވެ.

މިނިސްޓްރީން ބުނީ މިއަހަރު މާލޭގެ 21 މިސްކިތަކާއި ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ 10 މިސްކިތެއްގައި ދަމު ނަމާދު ކުރާނެ ކަމަށެވެ. އެއީ؛

  •  އިސްލާމީ މަރުކަޒު (މާލެ)
  •  މަސްޖިދު މަލިކި ސަލްމާން (މާލެ)
  •  ވިޔަފާރިވެރިންގެ މިސްކިތް (މާލެ)
  •  ބަންޑާރަ މިސްކިތް (މާލެ)
  •  ދުނބުރި މިސްކިތް (މާލެ)
  •  ތައިބާ މިސްކިތް (މާލެ)
  •  ބޮޑުގެ ވަގުތީ މިސްކިތް (މާލެ)
  •  މާވެޔޮ މިސްކިތް (މާލެ)
  •  މަސްޖިދުއް ސަލާހުއްދީން (މާލެ)
  •  ފުރުގާން މިސްކިތް (މާލެ)
  •  ޖަލާލުއްދީން މިސްކިތް (މާލެ)
  •  ނޫރު މިސްކިތް (މާލެ)
  •  އިބްރާހިމް މިސްކިތް (މާލެ)
  •  ޝަހީދު އަލީ (މާލެ)
  •  އިސްކަންދަރު މިސްކިތް (މާލެ)
  •  ފަނޑިޔާރު މިސްކިތް (މާލެ)
  •  ރަން މިސްކިތް (މާލެ)
  •  ފައިފުހޭ މިސްކިތް (މާލެ)
  •  އަފީފުއްދީން މިސްކިތް (މާލެ)
  •  މާފަންނު އާ މިސްކިތް (މާލެ)
  •  ޒިކްރާ މިސްކިތް (މާލެ)
  •  ސަލާމް މިސްކިތް (ވިލިމާލެ)
  •  އިހްލާސް މިސްކިތް (ވިލިމާލެ)
  •  ބިއްރި މިސްކިތް (ވިލިމާލެ)
  •  ވައްގުއްބު މިސްކިތް (ހުޅުމާލެ 1)
  •  އަޒީޒާ މިސްކިތް (ހުޅުމާލެ 1)
  •  ވާލިދައިނި މިސްކިތް (ހުޅުމާލެ 1)
  •  ރަޝީދު މިސްކިތް (ހުޅުމާލެ 1)
  •  އަސްދިގާ މިސްކިތް (ހުޅުމާލެ 1)
  •  މުހައްމަދު މިސްކިތް (ހުޅުމާލެ 1)
  •  ހަސަން އާދަމް މިސްކިތް (ހުޅުމާލެ 2)
  •  އުސްމާން ބިން އައްފާން (ހުޅުމާލެ 2)
  •  އަބީބަކުރުއައްއްސިއްދީގު (ހުޅުމާލެ 2)
  •  އަމީލް ޖަލީލް މިސްކިތް (ހުޅުމާލެ 2)

އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި، އިސްލާމީ މަރުކަޒާއި ވިޔަފާރިވެރިންގެ މިސްކިތާއި ފުރުގާން މިސްކިތާއި ޝަހީދު އަލީ މިސްކިތާއި ނޫރު މިސްކިތާއި ފަނޑިޔާރު މިސްކިތާއި މާވެޔޮ މިސްކިތާއި ސަލްމާން މިސްކިތާއި ޝަހީދު އަލީ މިސްކިތުގެ އިތުރުން ތައިބާ މިސްކިތާއި ބަންޑާރަ މިސްކިތް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.