ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭގައި ވަނީ އެކަށީގެންވާ އެޕްލިކޭޝަން ނުލިބޭ ކަމަށް ބުނެ އަލުން އިއުލާނު ކޮށްފަ އެވެ. މިފަހަރު އިއުލާނު ކޮށްފައި ވަނީ ތިން ދުވަހަށެވެ. އެއީ މިމަހުގެ 15 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ހޯމަ ދުވަހު، ދެ ދުވަހުގެ މުއްދަތަކަށެވެ. އެކަމަކު މުއްދަތު ހަމަވި އިރު ކުރިމަތި ލެއްވީ، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
އެހެންވެ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރޭގައި ވަނީ އެކަށީގެންވާ އެޕްލިކޭޝަން ނުލިބޭ ކަމަށް ބުނެ އަލުން އިއުލާނު ކޮށްފަ އެވެ. މިފަހަރު އިއުލާނު ކޮށްފައި ވަނީ ތިން ދުވަހަށެވެ. އެއީ މިމަހުގެ 15 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 30 އަހަރު ވެފައި ވުމާއި، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާން ޖެހެ އެވެ.
އަދި، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފައި މިވަނީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިފާ ދެއްވާފައި ވަނިކޮށެވެ.