މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށް ރައީސް އޮފީހުންނެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ސީއެސްސީގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
މެންބަރުކަމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 19 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެންދުރު 13:00 އަށް ރައީސް އޮފީހުންނެވެ. އަދި ރައީސް އޮފީހުގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.
ސީއެސްސީގެ މެންބަރެއްގެ ގޮނޑި ހުސްވީ އެ ކޮމިޝަނުގެ ނައިބް ރައީސް އިބްރާހިމް ރަޝީދު އިއްޔެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ ދެއްވާފައި ވަނީ އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށް، ތަޅުމަށްވެސް ފޮނުވާފައި ވަނިކޮށެވެ.
އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ. އޭނާ ވަކިކުރަން ނިންމި ކޮމެޓީ އަޑުއެހުމުން ކުރިއަށް ގެންގޮސްފައި ވަނީ މައިކު ކަނޑާލައިގެންނެވެ. ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވި އެއް މެންބަރަކު ފިޔަވައި ދެން ތިބި މެންބަރުން ވޯޓު ދީފައި ވަނީ އޭނާ ވަކިކުރަން ތަޅުމަށް ފޮނުވަން ފެންނަ ކަމަށެވެ.
އިބްރާހިމް ރަޝީދު ސީއެސްސީއަށް އައްޔަން ކޮށްފައިވަނީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަސް ތެރޭގަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، މިނިވަން މުއައްސަސާއެއްގެ މެންބަރަކު ވަކިކުރުމާމެދު ގޮތެއް ނިންމޭނީ ކޮމިޓީން އެ މަސައްކަތް ފެށިކަމަށް ފާސްކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ. އެއަށްފަހު ރިޔާސަތުން އެ މަސައްކަތް ތަޅުމުގައި އިއުލަންކޮށް، އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާނެ އެވެ.