ރުއް އަލާކުރަން އަރިޔަދޫ | ގައުމީ ފެންވަރުގައި މަސައްކަތް ފަށަނީ

މި މަސައްކަތުގެ ދަށުން އދ. އަރިޔަދޫގައި ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމްކޮށް ރުއް ހައްދައި ރަށްރަށަށް އެ ރުއްތައް ފޯރުކޮށްދޭނެ އެވެ.

ރުއް އާލާ ކުރުމުގެ މަސައްކަތް ފަށަން ނިންމި އދ. މާމިގިލި ކައިރީގައި އޮންނަ ފަޅު ރަށް، އަރިޔަދޫ -- ސަން

ރާއްޖެ ކާއްޓަށްޖެހި ކާށި ލިބުން ދަތިވަމުންދާތީ އދ. މާމިގިލި ކައިރީގައި އޮންނަ ފަޅު ރަށް، އަރިޔަދޫ ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއަށް ނަގައި އެ ރަށުގައި ދިވެހި ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމް ފަށަން ނިންމައިފި އެވެ. 

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ރަށެއްގެ ގޮތުގައި މި ރަށް ހަމަޖެއްސީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. 

މި ރަށުގައި ރުއް އާލާ ކުރުމުގެ ގޮތުން "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރެއް" ގާއިމްކޮށް ރާއްޖޭގައި ހެދޭ އަދި ހައްދަން ބޭނުންވާ މަތިވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމް ކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. މި މަސައްކަތް ކުރުމަށްފަހު ސަރުކާރުން ނިންމާފައިވަނީ އެ ރަށުގައި ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރުކޮށްދޭށެވެ. 

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ގަސްގަހާގެހި އާލާ ކުރުމަށާއި ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ތަފާތު މުޑުވައްތައް ވެސް އެ ރަށުގައި ހައްދާނެ އެވެ. އޭގެ އިތުރުން ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ "އެޑެޕްޓިވް ރިސާާޗް" އަރިއަދޫގައި ފަށައި ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރަން ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. 

އަރިޔަދޫ - އދ. އަރިޔަދޫކީ ދަނޑުވެރިކަން ކުރުމަށް އަހަރަކު ތިން މިލިއަން ރުފިޔާ އަށް 2018 ވަނަ އަހަރު ކުއްޔަށް ދިން ރަށެކެވެ. ބޮޑު މިނުގައި 29 ހެކްޓަރުގެ އެ ރަށް ކުއްޔަށްދިނީ ޓޫރިޒަމް ކުންފުނި، ކެޕިޓަލް ޓްރެވަލް އެންޑް ޓްވާސް ޔޫސުފު ރިފުއަތުގެ އެމްޕްލޯއީމަންޓް ބިއުރޯ މޯލްޑިވަސް އަށެވެ. ނަމަވެސް މި ރަަށުން އެއްވެސް ބޭނުމެއް ނުކޮށް އޮތީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.